
ޖާބިރުގެ ނަން އިއްވުމުން މަޖިލީހުން ނުކުމެވަޑައިގެންނެވި
ޖާބިރުގެ ނަން އިއްވުމުން މަޖިލީހުން ނުކުމެވަޑައިގެންނެވި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރާތީ ކާށިދޫ ދައިރާގެ މެމްބަރު ޖާބިރުގެ ނަން އިއްވުމުން މަޖިލީހުން ނުކުމެވަޑައިގެންފިއެވެ.
މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ޖާބިރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބު އޮތީ ވާހަކަ ދައްކައިގެން ކަމަށް ވިދާޅުވެފަ އެވެ.
ރަށްދުގައި އެތަނަށް ހުށަހެޅިފައި އޮތް މައްސަލައާއި ބެހޭ ގޮތުން ވާހަކަގެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން ޖާބިރު ވަނީ އަޑުގަދަ ކުރައްވާ މަޖިލީހުގެ ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. ޖާބިރުގެ ނަން އިއްވީ މަޖިލިސް ދޫކުރައްވާ ވަޑައިގަންނަވަނިކޮށެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ކުރިޔަށްދާއިރު، މަޖިލީހުގައި އަޑުގަދަކުރުމުން އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަން ވެސް ވަނީ އިއްވާފައެވެ. ހުސް ވަގުތުކޮޅަކަށްފަހު މަޖިލިސް ފެށިއިރުވެސް ރޮޒައިނާ މަޖިލީހުން ނުނިކުންނެވުމުން ރައީސް ނަޝީދު ވަނީ ރޮޒައިނާގެ ނަން އަލުން އިއްވަވާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
