
ޖާބިރު އެމްޑީޕީ އަށް ސޮއި ކުރައްވައިފި
ޖާބިރު އެމްޑީޕީ އަށް ސޮއި ކުރައްވައިފި
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއި ކުރައްވައިފިއެވެ.
އަލުން ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތީ ސޯލްޓް ކެފޭގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެނޑި ޑޭޓް އަދި އެ ޕާޓީޣެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް ސޯލިހު ވިދާޅުވީ، ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ޖާބިރުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރަށްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ޖާބިރު އަކީ ޒުވާނުންގެ ލީޑަރެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ޖާބިރު އެމްޑީޕީއަށް ސޮއި ކުރައްވާފައިވާއިރު އޭނާ އެމްޑީޕީއަށް ވަޑައިގެންނެވުމަށް ދައުވަތު އެރުއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.
ޕާޓީ އަށް ސޮއި ކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ، "އަޅުގަނޑަށް 100 ޕަސެންޓް ޔަގީން މި އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބުވާނެ ކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާނަން" ކަމަށެވެ.
ޖާބިރު ވިދާޅުވީ، ކުރިން އޭނާ އެމްޑީޕީގައި ހުންނެވި އިރު އެ ޕާޓިގައި އޭނާ ހުރުމަށް ނޭދުނު މެމްބަރުން މިހާރު އެމްޑީޕީ ގައި ނެތް ކަމަށެވެ. އެހެން ކަމުން މިހާރު ޖާބިރު ބޭނުން ވަނީ ރައީސަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށްވާތީ އެ ޕްލެޓްފޯމުގައި މަސައްކަތްކުރަން އަނބުރާ އައީ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ، މި ވެރިކަމުގައި ރައީސް ސޯލިހު ރާއްޖެއަށް ތަރައްގީ ގެނެސްދީފި ކަމަށާއި، ކޮންމެ ރަށަކީ މިހާރު ރިސޯޓެއް ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު އޮންނާނީ ރަށްތައް ފައިވްސްޓާ ފެންވަރުކޮށްދިން ވެރިޔަކަށް ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު އެ ޕާޓީ އަށް ސޮއިކުރެއްވުމާ އެކު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު މިހާރު 54 އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
