ސަރުކާރުން އެއްބަސްވެފައި އޮތީ މަސްވެރިންނަށް ނުދީ ބާކީ ހުރި ހުރިހާ ފައިސާއެއް ފެށޭ މާޗު މަހުގެ ފަހެއްގެ ނިޔަލަށް ދީ ހަލާސް ކުރުމަށެވެ.
މިފްކޯ އިން ބުނެފައިވަނީ މިހާރު ދޫކުރި ފައިސާ ދޫކޮށްފައިވަނީ 25ރ. ގެ ރޭޓުން މަސް ގަތް އަގަށް ޖެހޭ ފައިސާ ކަމަށެވެ. މިމަހު 11 ގައި މި ސަރުކާރުން ވަނީ މިފްކޯ އަށް މަސް ގަންނަ އަގު 20ރ. އަށް ބަދަލުކޮށްފަ އެވެ.
އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ދޭން ސަރުކާރުން އެއްބަސްވި 100 މިލިއަން ދީފި
އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ދޭން ސަރުކާރުން އެއްބަސްވި 100 މިލިއަން ދީފި
ލިޔުން:
އިއްޔެގެ ނިޔަލަށް މަސްވެރިންނަށް ޖަމާކޮށްދޭން ސަރުކާރުން ކުރިން އެއްބަސްވި ރުފިޔާ މިހާރު އޮޑިވެރިންނަށް ޖަމާކޮށްދީފައިވާނެ ކަމަށް މިފްކޯ އިން މިއަދު ބުނެފި އެވެ.
މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަނެއްހާ ރުފިޔާގެ ތެރެއިން ފުރަތަމަ 100 މިލިއަން އިއްޔެގެ ނިޔަލަށް ޖަމާކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ކޫއްޑޫގައި މަސްވެރިން ކުރި އިހުތިޖާޖާއި ގުޅިގެން ވިދާޅުވެފައެވެ . ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯ އިން އެއްބަސްވި ގޮތަށް އެ 100 މިލިއަންގެ ތެރެއިން 70 މިލިއަން ރުފިޔާ ވަނީ މިދިޔަ ބުދަދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ޖަމާކޮށްފައެވެ. ބާކީ 35 މިލިއަން އިއްޔެގެ ނިޔަލަށް ޖަމާކޯށްދީފައިވާކަމަށް މިފްކޯއިން ބުންޏެވެ.
އެގޮތުން ފާއިތުވި 6 ދުވަސްތެރޭ މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
އަދި ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީއިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
