
އިއްޔެ އާއި ރޭއެކަނި މާލެއިން 42 ޓަނުގެ ކުނި ނަގައިފި
އިއްޔެ އާއި ރޭއެކަނި މާލެއިން 42 ޓަނުގެ ކުނި ނަގައިފި
ލިޔުން:
މާލެސިޓީގެ މަގުތަކުން އިއްޔެ އާއި ރޭ ހިމެނޭހެން ޖުމްލަ 42.6 ޓަނުގެ ކުނި ނަގާފައިވާކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.
ރޯދަމަހާ ދިމާކޮށް ގޭތެރެ ސާފްކޮށް، ގޭތެރޭގައި ހުރި ބައު އެއްޗެހި އުކާލުމުގެ ތެރެއިން މާލެސިޓީގެ އެކި ދިމާލަށް ކުނިތައް ނެރެފައިހުރުމުގެ މައްސަލައަކީ މިހާރު އެންމެ ބޮޑު މައްސަލައެވެ.
މަގުތަކުގައި ހުރި ކުނިތައްގިނަވެ އާއްމުންނަށާއި މަގުތަކުން އެއްޗެހި ދުއްވާ މީހުންނަށް އެކަމުގެ އުނދަގުލާ ކުރިމަތިވެފައިވާއިރު، މާލެސިޓީ ކައުންސިލުން ގެންދަނީ މަގުތަކަށް ޖަމާކޮށްފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
މާލެސިޓީ ކައުންސިލުން ބުނީ އިއްޔެ އެކަނި ވެސް މާލޭގެ މަގުމަތިން 350 ކިލޯގެ 19 ޕިކަޕާއި 1.5 ޓަނުގެ 6 ޕިކަޕާއި ދެ ޓަނުގެ 3 ޕިކަޕުގެ އިތުރުން ތިން ޓަނުގެ 7 ޕިކަޕުގެ ކުނި އުކާލާފައިވާ ކަމަށެވެ.
https://twitter.com/MaleCitymv/status/1770549774162481460
ގަވައިދާ ހިލާފަށް މާލެސިޓީގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދު ތަކަށް އަޅާ ކުނި އިތުރުވަމުންދާއިރު، މީގެ އެއް ސަބަބެއްކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، ޕިކަޕްތަކުން ކުނި އުކާލަދޭ އަގުވެސް ބޮޑުވުމުން ކަމަށެވެ. އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި އާޒިމް ވިދާޅުވެފައިވަނީ މަގުތަކަށް ކުނިއެޅުމުގެ މައްސަލަ ބޮޑުވެފައިވަނީ ވެމްކޯއިން ކުނި އުކާލަދޭ އަގު ބޮޑުވެގެން ނޫންކަމަށެވެ. މިގޮތުން ކުޑަ ޕިކަޕަކުންވެސް 50 ރުފިޔާ ކުނި އުކާލަދޭކަމަށް ބުނެ، 1500 ރުފިޔާއަށް ކުނި އުކައިދިނުމަކީ މީގެ އެއް ސަބަބުކަމަށް އާޒިމް ފާހަގަކުރިއެވެ.
މަގުތަކަށް ކުނިއަޅަމުންދާ މައްސަލަ ހައްލުނުވާތީ، މިހާރު ވަނީ ސީސީސޓީވީ ކެމެރާގެ އެހީގައި މަގުތަކަށް ކުނިއަޅާ މީހުން ދެެނެގަނެ، އެމީހުން ލައްވައި ކުނިތައް ނެގުމުގެ މަސައްކަތްވެސް ފަށާފައެވެ.
އެގޮތުން، މިދިޔަ ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް އައިއިރު، 100 އަށްވުރެ ގިނަ މީހުން މާލޭގެ މަގުތަކަށް ކުނި އަޅައިގެން ވަނީ ޖޫރިމަނާކޮށްފައެވެ. މާލޭގެ މަގުތަކަށް ކުނި އަޅާ ނަމަ، 500ރ. އިން ޖޫރިމަނާ ކުރާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
