
އިތުރު ވަސީލަތްތަކާއިއެކު ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ ކުރާނަން: އެޗްޑީސީ
އިތުރު ވަސީލަތްތަކާއިއެކު ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ ކުރާނަން: އެޗްޑީސީ
ލިޔުން:
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި މިދޔަ ސަރުކާރުގައި ހަދާފައިވާ ޕިކްނިން އައިލެންޑް، ކުޑަގިރި މިހާރަށް ވުރެ ފުރިހަމަ ކުރާނެ ކަމަށް އެރަށް މެނޭޖްކުރާ ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުރު ވަސީލަތްކާ އެކީ ރަށް ތަރައްގީ ކުރަން އެެޗްޑީސީން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ރައްޔިތުންނަށް ވަރަށް ފުރިހަމަ ހިދުމަތްތަކެއް ކުރިމަގުގައި ކުޑަގިރިން ލިބިގެން ދާނެ." އޭނަ ވިދާޅުވިއެވެ.
https://twitter.com/FaZuLRaShYd/status/1789234046771359953
މާލޭން ފުރައިގެން ލޯންޗެއްގައި 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ތަރައްގީކޮށްފައިވާ ކުޑަގިރި އަކީ ރައީސް ސޯލިހް ވެރިކަމުގައި ފަޅެއްގެ ގޮތުގައި އޮތް ތަނެއް ހިއްކާ، ޕިކްނިކް ދިއުމަށް ހާއްސަ ރަށެކެވެ. އެ ތަނުގައި ރަށެއް ތަރައްގީކޮށް ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ.
އެ ރަށް ތަރައްގީކުރީ އެމްޓީސީ އާއި އެޗްޑީސީ އާއި އެމްޑަބްލިއެސްސީ އާއި ފެނަކަގެ އިތުރުން ސްޓެލްކޯ ގުޅިގެންނެވެ.
ކުޑަގިރި އަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފުލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ވެސް ބޭއްވެއެވެ.
އެގޮތުން، އެ ރަށަށް ޕިކްނިކަށްދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ހިދުމަތްތައް ކަމަށްވާ ފާހަނާ، ޗޭންޖިން ރޫމް، ނާސިން ރޫމާއި، މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއެއްވެސް ގާއިމުކޮށްފައިވެއެވެ.
ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް މާލެ އާއި ހުޅުމާލެ އިން ޓިކެޓް ދޫކުރުމުގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
