ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު ފޮނުވައިފި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން 14 ދުވަސް ތެރޭގައި ނޯޓިސް ފޮނުވަން ޖެހޭނެ އެވެ.
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި 23 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ.
އަސްލަމާއި ސައްލެގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު މަޖިލީހުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެންނެވެ. އެގޮތުން އެ ބޭފުޅުން ކުރައްވާފައި ވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފުވެފައިވާ ކަމަށް ބުނެފައިވެ އެވެ.އެމްޑީޕީ އާއި ޑިމޮކްރެޓްސްއާ އެކު މިހާރު މަޖިލީހުގައި 57 މެންބަރުން ތިއްބަވާ އެވެ. ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދަކީ 30 އެވެ. މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ވަކިކުރެވެނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.







