މާލެ: 31°C

އިންތިހާބުގެ މަސައްކަތަށް މީހުން ނެގުމަށް "ވޯކް-އިން-އިންޓަވިއު" އެއް ބާއްވަނީ

އިންތިހާބުގެ މަސައްކަތަށް މީހުން ނެގުމަށް "ވޯކް-އިން-އިންޓަވިއު" އެއް ބާއްވަނީ
May 16, 2023
2 ފަހަރު ބަލާފައި
އިންތިހާބުގެ މަސައްކަތަށް މީހުން ނެގުމަށް "ވޯކް-އިން-އިންޓަވިއު" އެއް ބާއްވަނީ
މިއަހަރު ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ މަސައްކަތް ކުރުމަށް މީހުން ނެގުމަށް ވޯކް އިން އިންޓަވިއު އެއް ބާއްވަން އިލްކެޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.

 އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބުގެ މަސައްކަތްތަކަށް މީހުން ހޮވާނީ ވަގުތުން އިންޓަވިއު ކުރުމަށް ފަހުގައި ކަމަށެވެ.

އެ  އިންޓަވިއު އޮންނާނީ މި ހަފްތާގެ ބަންދު ދެ ދުވަހު ދަރުބާރު ގޭގައި ހެނދުނު 10:00 އަކުން ރޭގަނޑު 10:00 އަށެވެ.

[embed]https://twitter.com/ElectionsMv/status/1658392611059798016[/embed]

އެ އިންޓަވިއު އަށް ހާޒިރުވާއިރު އައިޑީ ކާޑާއި ތައުލީމާއި ތަޖުރިބާގެ ލިޔުންތައް ގެންދަންޖެހެއެވެ. 

ރިޔާސީ އިންތިހާބުގެ މަަސައްކަތަށް، އިންތިހާބު އޮންނަ ދުވަހު ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވުމަށް އެކަނި ވެސް 5000 އޮފިޝަލުން ބޭނުންވާ ކަމަށާއި އެކޮމިޝަނުން އޮފިޝަލުން ހޯދަން ކުރި އިއުލާނުތަކަށް އެކަށީގެންވާ ތަރުޙީބެއް ލިބެމުން ނުދާކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ