އައިޓީބީ ބާލިން 2025ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރަން ފަށައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ބާއްވާ އެންމެ ބޮޑު އެއް ފެއާ، އައިޓީބީ ބާލިން 2025ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލް ކުރާ 200 މަންދޫބުންގެ ވަފުދެއް ބައިވެރިވެއެވެ. މި ފެއަރ ކުރިއަށް ދަނީ މިމަހުގެ 4 އިން 6 އަށް މެސޭ ބާލިންގައެވެ. މި ފެއާގައި އެމްއެމްޕީއާރުސީން ބައިވެރިވުމުގެ މަގުސަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއިން ހޯދާފައިވާ މަތީ މަގާމު ދަމަހައްޓައި ޖަރުމަނު ބަހުން ވާހަކަދައްކާ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމެވެ.
އެމްއެމްޕީއާރްސީން ވިދާޅުވީ މި ފެއާގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުތަކާއި އެނޫން ވެސް ގައުމުތަކުގެ މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި މީޑިއާތަކާ ގުޅުން ބަދަހިވެގެންދާނެކަމަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ އެކު ނެޓްވޯކިން އާއި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ބީ2ބީ އަދި ބީ2ސީ އޯޑިއަންސަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް މުހިންމު ފެއާއެއްކަން އެމްއެމްޕީއާރްސީން ފާހަގަކުރައްވައެވެ.

އައިޓީބީ ފެއާގައި ރާއްޖެއިން 200 މަންދޫބުން
އައިޓީބީ ބާލިން 2025ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރަން ފަށައިފިއެވެ.
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
