
އިޓަލީގެ މިލާނުގައި ދަންވަރު އައިސްކުރީމް ވިއްކުން މަނާކުރަނީ!
އިޓަލީގެ މިލާނުގައި ދަންވަރު އައިސްކުރީމް ވިއްކުން މަނާކުރަނީ!
ލިޔުން:
އިޓަލީގެ ސިޓީއެއްކަމަށްވާ މިލާންގެ ލޯކަލް ގަވަރމަންޓްން މިހާރު ހުށަހަޅާފައިވާ އާގާނޫނަށް އަމަލުކުރަން އަންނަމަހު ފެށުމާއެކު އެގާނޫނުގެ ދަށުން ދަންވަރު އައިސްކުރީމް ފަދަ ކާބޯތަކެތި މަގުމަތީގައި ވިއްކުން މަނާކުރުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.
ދަންވަރު މަގުމަތީގައި އައިސްކްރީމް އަދި ޓޭކްއަވޭ ތައްޔާރީ ކާނާ ވިއްކުމަކީ އިޓަލީގެ ސަގާފަތާ ގުޅުންހުރިކަމެކެވެ. ނަމަވެސް އަލަށް ހުށަހަޅާފައިވާ ގާނޫނަށް އަމަލުކުރަންފެށުމުން މިލާންގެ 12 ޑިސްޓްރިކްޓް ގައި ދަންވަރު 12:30 ގެ ފަހުން އައިސްކްރީމާއި ޓޭކްއަވޭ ކާނާއާއި ބުއިންތައް ވިއްކުން މަނާވާނެއެވެ. އަދި ހަފްތާ ބަންދުގައި 01:30 ގެ ފަހުން އައިސްކްރީމާއި ޓޭކްއަވޭ ކާނާއާއި ބުއިންތައް ވިއްކުން މަނާވާނެއެވެ.
މިލާންގެ މަގުތަކުގައި ދަންވަރު އައިސްކުރީމް ވިއްކުން މަނާކުރުމަށް 2013 ވަނައަހަރުވެސް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އޭރުގެ މޭޔަރ ގްއިލިއާނޯ ޕިސަޕިއާ ކުރިމަސައްކަތް ނާކާމިޔާބްވެފައިވަނީ މަގުމަތީގައި އައިސްކުރީމާއި އެފަދަ ކާބޯތަކެތި ވިއްކާ މީހުންންގެ ޕްރެޝަރުގެ ސަބަބުންނެވެ.
މިފަހަރު އެގާނޫނު ތަންފީޒް ކުރުމަށް ނުކުމެ ހުންނެވި ޑެޕިއުޓީ މޭޔަރ މާކޯ ގްރެނެއްލި ވިދާޅުވެފައިވަނީ މުޖުތަމައުގައި ދިރިއުޅޭ ހުރިހާ އެއްމެނަށްވެސް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި އެގޮތުން ރޭގަނޑު މުނިފޫހި ފިލުވައި މަޖާކުރުމަށް ބޭނުންވާ މީހުންނަށާއި ހަމަހިމޭންކަން ބޭނުންވާ ފަރާތްތަކަށްވެސް އެ ހައްގު ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް ދަންވަރު މަގުތަކުގައި އައިސްކްރީމް ބޮއެ މަޖާކުރުމަށް ތިބޭ މީހުންގެ ސަބަބުން ހަމަހިމޭންކަން ބޭނުންވާ ފަރާތްތަކަށް އުނަދގޫވާކަމަށެވެ. އެހެންކަމުން ތަންފިޡް ކުރުމަށް މަސައްކަތްކުރާ އާ އުސޫލާ ގުޅިގެން އެއްމެނަށް ހަމަހަމަކަމާއެކު އެކަންކަން ފަހިވެގެންދާނެކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
