މާލެ: 31°C

އިސްތަށި ފެޅުވުމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ލެމަންގްރާސް އޮއިލް

އިސްތަށި ފެޅުވުމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ލެމަންގްރާސް އޮއިލް
August 30, 2024
2 ފަހަރު ބަލާފައި
އިސްތަށި ފެޅުވުމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ލެމަންގްރާސް އޮއިލް
އެސެންޝަލް ތެޔޮ މަޝްހޫރުވެފައިވަނީ ސްޓްރެސް ނުވަތަ މޫޑް ރަނގަޅުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް އެސެންޝަލް ތެލެއްކަމުގައިވާ ލެމަންގްރާސް ތެލަކީ އިސްތަށިގަނޑަށާއި ހަންގަނޑަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިއްބައިދޭ ތެލެކެވެ. ސިޓްރަސް ވަހުން މަޝްހޫރުވެފައިވާ ލެމަންގްރާސް ތެލުގެ ސަބަބުން ސިއްހަތުރަނގަޅު، ސާފު އަދި މީރުވަސް ދުވާ އިސްތަށިގަނޑެއް ލިބިދެއެވެ. ލެމަންގްރާސް ތެލުގައި ހުންނަ އިސްތަށިގަނޑަށް ބޭނުންވާ ބައެއް މާއްދާތަކުގެ ތެރޭގައި ޓާޕެން، އަލްކޮހޯލް، ކީޓޯންސް، ފްލެވޮނޮއިޑްސް އަދި ފީނޮލިކް ކޮމްޕައުންޑްސް ހިމެނެ އެވެ. މި ހުރިހާ އެއްޗެއް އެކުވެގެން އިސްތަށިގަނޑަށް އާރޯކަން ގެނުވައެވެ. ލެމަންގްރާސް ތެލުގެ ސައިޑް އިފެކްޓްސް މަދުވުމުގެ ސަބަބުން ލެމަންގްރާސް އެސެންޝަލް ތެލަކީ އިސްތަށިގަނޑު ބެލެހެއްޓުމަށް ވަރަށް މުހިއްމު ގުދުރަތީ ޗޮއިސްއެކެވެ. ލެމަންގްރާސް ތެޔޮ ކޮންމެ ދުވަހަކު ބޭނުންކުރާނަމަ ހަންގަނޑާއި އިސްތަށިގަނޑާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭނެ އެވެ. މި ތެލުގައި އެންޓިބެކްޓީރިއަލް، އެންޓިފަންގަލް އަދި އެންޓިއޮކްސިޑެންޓްސް ކޮމްޕޯނެންޓްސް އެކުލެވިގެންވާއިރު، އެ ތެލުގެ ސަބަބުން އިސްތަށިގަނޑާއި ހަންގަނޑަށް ލިބޭ ތަފާތު ފައިދާތަކަކީ ކޮބައިތޯއެވެ. ލެމަންގްރާސް ތެލަކީ ހަންގަނޑަށް ވެސް ގިނަ ފައިދާތަކެއް ކޮށްދޭ އެއްޗެކެވެ. މި ތެލުން ހަނގަނޑު ސާފުކޮށްދެއެވެ. އަދި ފޭސް އޮއިލްއެއްގެ ގޮތުގައިވެސް ލެމަންގްރާސް އެސެންޝަލް އޮއިލް ބޭނުން ކުރެވިދާނެ އެވެ. ބޮލުގެ ހަންގަނޑު ޑީޕް ކްލީން ކޮށްދޭ ލެމަންގްރާސް ތެޔޮ ބޭނުންކުރުމުން ލިބޭ އެއްމެ ބޮޑު އެއް ފައިދާއަކީ ބޮލުގެ ހަންގަނޑު ސާފުކޮށްދިނުމެވެ. ގައިގެ ހަންގަނޑު ރައްކާތެރިކޮށްދިނުމަށް ސެބަމް ނަމަކަށް ކިޔާ ތެޔޮ ވެކްސް އެއް އަހަރެމެންގެ ހަށިގަނޑުގައި އުފައްދައެވެ. އޭގެ ސަބަބުން އިސްތަށިގަނޑުގެ ޕޯސްތައް ބްލޮކްކޮށް، އިސްތަށިގަނޑަށް ލޭ ފޯރުކޮށްދޭ މިންވަރު ދަށްކޮށްދެއެވެ. ލޭ ނުލިބުމުގެ ސަބަބުން އިސްތަށިފޭބުމުގެ މައްސަލަ ބޮޑުވެއެވެ. ލެމަންގްރާސް އެސެންޝަލް އޮއިލް ބޭނުންކުރުމުން ސެބަމް ކޮންޓްރޯލްކޮށްގެން ބޮލުގެ އިސްތަށިގަނޑު ސާފުކޮށް ބެހެއްޓޭނެއެވެ. ނަތީޖާއެއްގެ ގޮތުން ދުޅަހެޔޮ ވަރުގަދަކޮށް އިސްތަށި ފެޅުމަށް އެކަމުން އެހީތެރިވެދެއެވެ. އިސްތަށި ފެޅުމަށް އެހީތެރިވެދޭ އިސްތަށިގަނޑަށް ލެމަންގްރާސް ތެލަކީ ފަރުވާއެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. ކޮކޮނަޓް ނުވަތަ އޮލިވް އޮއިލް ފަދަ އިފެކްޓިވް ކެރިއަރ އޮއިލްއަކާއި ލެމަންގްރާސް އޮއިލް އެއްކޮށްލައިގެން ބޭނުންކުރުމުން އިސްތަށި ފޭބުން ހުއްޓުވައިދީ އިސްތަށި ފެޅުމަށް އެހީތެރިވެދެއެވެ. ލެމަންގްރާސް ތެލުގެ ތިން ތިކި އެއްކޮށްލުމަށްފަހު އެންމެ ކަމުދާ ހެއާ އޮއިލްގެ ތިން މޭޒުމަތީ ސަމުސާ އެއްކޮށްލުމަށްފަހު އިސްތަށިގަނޑުގައި އުނގުޅާލުމަށްފަހު ހޫނު ތުވާއްޔަކުން ބޯ ނިވާކޮށްލާށެވެ. އެގޮތަށް ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓު ވަންދެން މަޑުކޮށްލުމަށްފަހު ޝޭމްޕޫ ލައިގެން ބޯ ދޮވެލާނީއެވެ. ޑެންޑްރަފް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ލެމަންގްރާސް އެސެންޝަލް އޮއިލް ބޭނުންކުރަން ފެށުމުން ޑެންޑްރަފް ނައްތާލެވޭނެއެވެ. 2015 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ލެމަންގްރާސް އެސެންޝަލް އޮއިލް ބޭނުންކުރުމުން ހަތް ދުވަހުގެ ތެރޭގައި ޑެންޑްރަފް ނައްތާލެވޭނެ އެވެ. އެކަމަކު ސީދާ ހަންގަނޑަށް ލެމަންގްރާސް އެޅިދާނެ ހެއްޔެވެ؟ ކުރު ޖަވާބަކީ ނޫނެކޭ! ސީދާ ހަންގަނޑަށް އެ އޮއިލް އެޅުމުން ފަހަރެއްގައި ހަންގަނޑުގައި ބިހި ނެގުންފަދަ ކަމެއް ކުރިމަތިވެދާނެއެވެ. އެހެންކަމުން ލެމަންގްރާސް އެސެންޝަލް އޮއިލް ބޭނުންކުރާއިރު ސަމާލުވާންވާނެއެވެ. އެގޮތުން ޝޭމްޕޫ އާއި ކޮންޑިޝަނާ އާއެކު ލެމަންގްރާސް ތެޔޮފޮދެއް އެއްކޮށްލުމަށްފަހު ބޭނުންކުރުމުން ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ. ތެޔޮވުމުން ދުރުކޮށްދޭ މޫނު ތެޔޮ ވުމުގެ ސަބަބުން މޫނުގައި ކުނޑިތަތްލައި ހަންގަނޑުގެ ސާފުކަމަށް އަސަރުކުރެއެވެ. އޭގެ ސަބަބުން މޫނުގައި ޕިމްޕަލްސް ނަގައި ޑެޑް ސްކިން ތަތްލަވާ އިސްތަށިބުޑުތައް ބެދެއެވެ. މިފަދަ ހާލަތްތަކުގައި ލެމަންގްރާސް ތެލަކީ ހަންގަނޑަށް އެންމެ ރަނގަޅު ފަރުވާއެވެ. އެ ތެލުން މޫނުގެ ތެޔޮކަން ކުޑަކޮށްދީ، މޫނުގެ ތާޒާކަން އިތުރުކޮށްދެއެވެ. ސަބަބަކީ އެ ތެލަކީ ތެޔޮ އުފެއްދުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ގުދުރަތީ އެސްޓްރިންޖަންޓެއްގެ ގޮތުގައިވެސް ބޭނުންކުރެވިދާނެ ތެލަކަށްވުމެވެ. ތެޔޮއިސްތަށިގަނޑާ ދެކޮޅަށް މަސައްކަތް ކުރުން ލެމަންގްރާސް ތެޔޮ ބޭނުންކޮށްގެން އިސްތަށިގަނޑުގައި ހުންނަ ތެޔޮ މާއްދާ ނައްތާލައި ތެޔޮ ނެތް ގޮތަށް ބެހެއްޓިދާނެއެވެ. އެގޮތުން ފެންފޮދެއްގެ ތެރެއަށް ބައި ޖޯޑު އެޕަލް ސައިޑާ ވިނެގާ އާއި ދެތިން ތިކި ލެމަންގްރާސް އެޅުމަށްފަހު މިކްސް ކޮށްލައި ބޮލުގައި ޝޭމްޕޫ ލައި ބޯ ދޮވެލުމަށްފަހު ބޮލުގައި އުނގުޅާލާށެވެ. ޕިމްޕަލްސް އާ ދެކޮޅަށް މަސައްކަތްކުރޭ ލެމަންގްރާސް ތެލަކީ ޒަޚަމްތައް ރަނގަޅުކޮށް އިންފެކްޝަންތަކަށް ފަރުވާ ދިނުމަށް ބޭނުންކުރަމުން އަންނަ ތެލެކެވެ. ލެމަންގްރާސްގައި އެންޓިބެކްޓީރިއަލް މާއްދާތައް އެކުލެވިގެންވާކަން ސައިންޓިފިކް ދިރާސާތަކުން ސާބިތުވެފައިވާއިރު، މި ތެލަކީ ބިހި ނެގުމަށް މަގުފަހިވާ ބެކްޓީރިއާ ތައް ނައްތާލުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. މީގެ އިތުރުން ފޮލިކިއުލައިޓިސް އާއި ސެލޫލައިޓިސް ފަދަ ބެކްޓީރިއާތަކުން ރައްކާތެރިވުމަށްވެސް ލެމަންގްރާސް އޮއިލް އެހީތެރިވެދެއެވެ. ޑީޓޮކްސިފައި ކޮށްދޭ ލެމަންގްރާސް އޮއިލް އަކީ ހަންގަނޑު ސާފުކޮށްދޭ ޑިޓޮކްސިފިކޭޝަން މާއްދާތައް އެކުލެވޭ ތެލަކަށްވާތީ އެ ތެޔޮ ބޭނުންކުރުމުން ހަނގަނޑުގައި އުފެދޭ ކެމިކަލްތަކާ ބެކެޓީރިއާތައް ނައްތާލައި ހަންގަނޑަށް ސާފުކަމާއި ތާޒާކަން ގެނުވައިދެއެވެ. ފަންގަލް އިންފެކްޝަންތަކުން ދުރުކޮށްދޭ ލެމަންގްރާސް އޮއިލްގައި ފަންގިސައިޑަލް ޕްރޮޕަޓީސް ހުންނާތީ މި ތެލަކީ ފަންގަލް އިންފެކްޝަންތަކަށް ވަރަށް މުހިންމު އެއްޗެކެވެ. ހަންގަނޑު އުޖާލާކޮށްދޭ ލެމަންގްރާސް އޮއިލްގައި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާތީ މި އޮއިލް ހަންގަނޑު ރަތްވުމާއި، ކެހުމާއި، ދުޅަވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ. މިއީ އެންޓިސެޕްޓިކް ބައިތަކުން މުއްސަނދިވެފައިވާ ތެލެކެވެ. މިއީ ޓޯންޑް، ސާފު އަދި އަލިގަދަ ހަންގަނޑެއް ލިބުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ލެމަންގްރާސް އޮއިލްގައި ލިމޮނީން އެކުލެވިގެންވެއެވެ - މިއީ ހަމުގެ ކުލަ އަލިކޮށްދީ އުޖާލާކޮށްދީ، ހަންގަނޑުގަ ހުންނަ ލައްތައް ކުޑަކުރުމަށް އެހީތެރިވެދޭ ކެމިކަލެކެވެ. އުކުނު އެޅުމުން ސަލާމަތްކޮށްދޭ ލެމަންގްރާސް ތެލުގެ ވަހަކީ އުކުނަށް ވަރަށް އުނދަގޫވަހަކަށްވެއެވެ. އެހެންކަމުން އުކުނު އަޅާފައިވާނަމަ  ލެމަންގްރާސް ތެޔޮ އިސްތަށިގަނޑުގައި ލުމަށްފަހު ފުނާ އަޅާށެވެ. ނުވަތަ ލެމަންގްރާސް އޮއިލްގެ އާއެކު ނީމް އޮއިލް އެއްކޮށްލުމަށްފަހު އިސްތަށިގަނޑާއި ބޯމަސާޖު ކޮށްލާށެވެ. ގާތްގަނޑަކަށް ތިރީހަކަށް މިނެޓު ވަންދެން ބެހެއްޓުމަށްފަހު އިސްތަށިގަނޑުގައި ފުނާ އަޅާލުމުން މަރުވެފައިވާ އުކުނުތައް ސާފުވާނެއެވެ. އިސްތަށިގަނޑު ޑިސްއިންފެކްޓް ކޮށްދޭ ލެމަންގްރާސް އޮއިލް އަކީ އިސްތަށިގަނޑުގައި އުފެދޭ ބެކްޓީރިއާ ނިއުޓްރަލައިޒް ކޮށް އުކުނު ނައްތާލުމަށްވެސް އެހީތެރިވެދޭ އޮއިލްއަކަށްވާތީ އެކަމަކީ އެ ތެލުން ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. ސަބަބަކީ  ބެކްޓީރިއާ އާއި އުކުނުގެ ސަބަބުން އިސްތަށިގަނޑުގެ ދުޅަހެޔޮކަން ގެއްލި އިސްތަށި ފޭބުމަށް މަގުފަހިވެއެވެ. ބެކްޓީރިއާއާއި އުކުނު ނައްތާލުމަށްޓަކައި އެތައް ފަހަރަކު ޝޭމްޕޫ ނުވަތަ އެހެނިހެން އުފެއްދުންތައް ބޭނުންކުރުމުން ހަގީގަތުގައި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރެއެވެ. އަދި ޝޭމްޕޫ ނުވަތަ ކޮންޑިޝަނަރ ބޭނުންކުރުމަށްފަހު އިސްތަށިގަނޑު ލުއިވާހެން ހީވި ނަމަވެސް އެ ކެމިކަލްތަކަކީ އިސްތަށި ފެޅުމަށް އެހީތެރިވެދޭނެ އެއްޗެއް ނޫނެވެ. އިސްތަށިގަނޑުން މީރުވަސް ދުވުން ފިޔާ ފެން ބޭނުން ކުރުމަކީ ދުޅަހެޔޮ އިސްތަށިގަނޑަށް ރަނގަޅު ކަމެއް ކަމަށް މީހުން ބުނެއެވެ. ނަމަވެސް އިސްތަށިގަނޑުގައި ފިޔާ ފެން އަޅައިގެން ބޭރަށް ނުކުމެވިދާނެ ހެއްޔެވެ؟ އިސްތަށިގަނޑުން ދުވާ އެހެނިހެންވަސްތައް ކަނޑުވާލަން އެއްމެ ރަނގަޅު އެއްޗަކީ ލެމްނަގްރާސް އޮއިލް އެވެ. އެ ތެޔޮ އިސްތަށިގަނޑުގައި އެޅުމުން ތާޒާ އަދި ސިޓްރަސް ވަހެއް ދުވާނެއެވެ، އެ ވަހުން މުޅި މީހާ ތާޒާކަމާއި އެކްޓިވްކޮށް ބަހައްޓައިދޭތީ އިސްތަށިގަނޑުގައި ތާޒާ ވަސް ހަރުލައްވައި ބެހެއްޓުމަށްޓަކައިވެސް ލެމަންގްރާސް އޮއިލް އަކީ ވަރަށް މުހިއްމު އޮއިލް އެކެވެ. އިސްތަށި ފެޅުމަށް އެހީތެރިވެދޭ ލެމަންގްރާސް އަކީ އިސްތަށިގަނޑު ބޮޑުވުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. އެކަމަކު އިސްތަށިގަނޑު ބޮޑުވުމަށް ލެމަންގްރާސް އެސެންޝަލް އޮއިލް ބޭނުންކުރާނީ ކިހިނެއް ހެއްޔެވެ؟ ލެމަންގްރާސް އެސެންޝަލް އޮއިލް އާއި އާމަންޑް އޮއިލް ބްލޭންޑް ކޮށްލާށެވެ. އެއަށްފަހު ބޮލުގެ އިސްތަށިގަނޑާއި ހަންގަނޑުގެ އިސްތަށި ބުޑުތަކުގައި އުނގުޅާލާށެވެ. އެއަށްފަހު ބައި ގަޑިއިރު ތުވާއްޔެއް ބޮލުގައި އޮޅާލައި މަޑުކޮސްލުމަށްފަހު ބޯ ދޮވެލާނީއެވެ. ލެމަންގްރާސް އޮއިލް ޓްރީޓްމަންޓް ނޮން ޖެނެޓިކް ހެއާ ލޮސް (އިސްތަށިފޭބުން ހުއްޓުވައިދޭ) އުމުރުން ދުވަސްވުމުން އިސްތަށިފޭބުމަކީ އާންމު ކަމެކެވެ. ނަމަވެސް އިސްތަށިފޭބުމަކީ އަޅުގަނޑުމެންގެ ޒުވާން އުމުރުގެ މީހުންނާއި ބޮޑެތި މީހުންނަށްވެސް ދިމާވާ އާންމު މައްސަލައެކެވެ. ޅަ އުމުރުގައި އިސްތަށިފޭބުމަށް މަގުފަހިވާ ގިނަ ސަބަބުތަކުގެ ތެރޭގައި ހެއާ ވެކްސް، ގެޓް އަދި ޑައި ފަދަ ސްޓައިލިން ޕްރޮޑަކްޓްތައް ބޭނުންކުރުން ހިމެނެ އެވެ. މިފަދަ އުފެއްދުންތަކުގެ ސަބަބުން އިސްތަށިގަނޑު ރީތިކޮށް ފެނުނު ނަމަވެސް ފަސޭހައިން ގެއްލުން ލިބެއެވެ. ލެމަންގްރާސް އޮއިލްގައި އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް ގުނަވަންތައް އެކުލެވިގެންވާ އިރު، އޭގެ ސަބަބުން ބޮލުގެ އިސްތަށިގަނޑުގެ އިންފެކްޝަންތައް ދުރުކޮށްދެއެވެ. އަދި އިސްތަށިފޭބުން ވެސް ދުރުކޮށްދެ އެވެ. އިސްތަށިގަނޑަށް ލެމަންގްރާސް އޮއިލް އާއި އޮލިވް، ޖޯޖޯބާ އޮއިލް ނުވަތަ ކޮކޮނަޓް އޮއިލް އެއްކޮށްލުމަށްފަހު މަދުވެގެން ހަފުތާއަކު ދެ ފަހަރު މަސާޖު ކުރެވިދާނެ އެވެ. ބޮލުގައި ރިއްސުން ކުޑަކޮށްދެއެވެ ލެމަންގްރާސް އެސެންޝަލް އޮއިލް ބޭނުންކުރުމަކީ އިސްތަށިގަނޑަށް އެތައް ފައިދާއެއް ލިބުމުގެ އިތުރުން ބޮލުގައި ރިއްސުން ކުޑަކުރުމުގައި ވެސް ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. ބޮލުގައި ރިއްސުމަކީ ގިނަ ފަހަރަށް ނުތަނަވަސްކަމާއި ޑިޕްރެޝަންގެ ސަބަބުން ދިމާވާ ކަމެކެވެ. މި މައްސަލަތަކުގެ ސަބަބުން އިސްތަށިފޭބުމަށް މަގުފަހިވެއެވެ. އިސްތަށިގަނޑުގައި ލެމަންގްރާސް އެސެންޝަލް އޮއިލް މަސާޖު ކުރުމުން ބޮލުގައި ރިއްސުން ކުޑަކޮށްދޭނެ އެވެ. އިސްތަށިގަނޑުގެ އޮފްކަން ޝޭމްޕޫ ތެރެއަށް ބައި ސައިސަމުސާ ލެމަންގްރާސް ތެޔޮ އަޅާލާށެވެ. ރަނގަޅަށް ބްލޭންޑްކޮށްލުމަށްފަހު ޝޭމްޕޫ ފުޅިއަށް އަޅައިގެން ބޭނުންކުރާށެވެ. މި ޝޭމްޕޫ އިން އިސްތަށިގަނޑު ދޮންނަ ކޮންމެ ފަހަރަކު އިސްތަށިގަނޑުމަޑުވެ އިސްތަށިގަނޑުގެ އޮފްކަން އިތުރުވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ