މާލެ: 31°C

އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމުގެ ހަރަކާތެއް ފެށިގެން ކުރިއަށް

February 15, 2025
82 ފަހަރު ބަލާފައި
އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމުގެ ހަރަކާތެއް ފެށިގެން ކުރިއަށް
ޣައްޒާގެ ޚާން ޔޫނިސް ސަރަޙައްދުގައި އިސްރާއީލުގެ ރަހީނުން ދޫކޮށްލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. 

ޣައްޒާގެ ޚާން ޔޫނިސް ސަރަޙައްދުގައި އިސްރާއީލުގެ ރަހީނުން ދޫކޮށްލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. 

މި މަސައްކަތް ކުރިއަށްދަނީ އިސްރާއީލުން ހިފަހައްޓާފައިވާ ފަލަސްތީނުގެ 369 ރަހީނުން ދޫކޮށްލުމާ ގުޅިގެންނެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަފްޕްގެ އިރުޝާދުގެ ދަށުން ދެފަރާތުން ހިންގަމުން ގެންދާ ހޮސްޓޭޖުން ބަދަލުކުރުމުގެ މަސައްކަތެކެވެ. މި މަސައްކަތް ފެއިލް ވެއްޖެނަމަ އަނެއްކާވެސް މެދުއިރުމަތީގައި މުސްލިމުންނާ ދެކޮޅަށް ނަސްލު ނައްޓާލުމުގެ ވަރުގަދަ ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑެވެ. 

މިގޮތުން، ފުރަތަމަ ބުރުގައި ދޫކުރަނީ އިސްރާއީލްގެ ތިން ރަހީނުންނެވެ. އެއީ އެލެކްސެންޑަރ ޓްރުފަނޮވް އާއި ސަގުއީ ޑެކެލް-ޗެން އަދި ޔައިރް ހޯން އެވެ. މި ތިން މީހުން ތެރެއިން އެކަކު އަތުލައިގަނެފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދެކުނު އިސްރާއީލުގައި ހަމާސްގެ އިސްނެގުމުގެ ދަށުން ހިންގި ހަމަލާތަކުގައި ތާށިވުމުންނެވެ. 

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރު.ސީ) ގެ މަންދޫބަކާއި ފަލަސްތީނުގެ ހަނގުރާމަވެރިއަކު މިހާރު ޚާން ޔޫނިސްގައި ޤާއިމުކުރެވިފައިވާ ސަރަޙައްދެއްގައި ލިޔެކިޔުންތަކެއްގައި ސޮއިކޮށްފިއެވެ.

ރަހީނުން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އައި.ސީ.އާރު.ސީގެ މަންދޫބުންގެ ބެލުމުގެ ދަށުންނެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ