އިޒްރޭލު ޕާސްޕޯޓް މަނާކޮށްފިނަމަ ޔޫރަޕުގައި ތިބި ޔަހޫދީން ކެކިއަރައި އިގްތިސާދު ފުނޑުފުނޑު ވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އިންޝުއަރެންސް ބިލާބެހޭގޮތުން މަޖިލީހުގައި މިއަދު ކުރިއަށްގެންދާ ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވީ އިންޝުއަރެންސް ވާހަކަ ދައްކާއިރު އިޒްރޭލުގެ ޕާސްޕޯޓް ވާހަކަ ދައްކަން ޖެހޭ ކަމަށާއި އިންޝުއަރެންސް ކުރެވޭނީވެސް ރާއްޖޭގައި ފައިސާހުރެގެން ކަމަށާއި އިޒްރޭލުގެ ޕާސްޕޮޓު މަނާކުރަން އިދިކޮޅު އެމްޑީޕީ އިން ކުރާ މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަން ފުނޑާލަން ކުރާ ކަމެއް ކަމަށާއި އެކަން ކޮށްފިނަމަ ޔޫރަޕުގައި ތިބި ޔަހޫދީން ކެކިއަރައި އިގްތިސާދު ފުނޑިދާނެކަމަށެވެ.
އިދިކޮޅު އެމްޑީޕީއިން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު މަޖިލިސް އަށް ބަލައިގަނެ އެ ބިލު މިހާރުވަނީ 241 ކޮމިޓީއަށް ފޮނުވާފައެވެ.
ރާއްޖޭގެ އެތައްބަޔަކު ނިކުމެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގޮވާލަމުންދިއުމާގުޅިގެން ސަރުކާރުން އެކަންކުރަން ނިންމައި އޭޖީގެ ލަފާ ހޯދުމަށް ފޮނުވިނަމަވެސް އި ނިންމުމާމެދު ފަހުން އެއްވެސް ގޮތަކަށް އަމަލުކޮސްފައެއްނުވެއެވެ.
ސަން ޝިާމުގެ އެމްޑީއޭ ގެ ޓިކެޓްގައި ވެލިދޫ ދާއިރާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވަމުންގެންދަވާ މުޙައްމަދު އައްބާސްއަކީ އެޕާޓީގެ އެއް ނައިބްރާއީސް އެވެ.