މާލެ: 31°C
އިޒްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިންނެވި ކާރުކޮޅު އެކްސިޑެންޓްވީ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދަނިކޮށް

އިޒްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިންނެވި ކާރުކޮޅު އެކްސިޑެންޓްވީ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދަނިކޮށް

April 27, 2024
3 ފަހަރު ބަލާފައި
އިޒްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިންނެވި ކާރުކޮޅު އެކްސިޑެންޓްވީ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދަނިކޮށް
އިޒްރާއީލްގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު، އިޓަމާ ބެން ގްވިރުގެ ކާރުކޮޅު ރޭ އެކްސިޑެންޓްވެފައިވަނީ ޓްރެފިކް ލައިޓް ރަތްވެފައިވަނިކޮށް ޓްރެފިކަށް ނުބަލައި ދަނިކޮށްކަމަށް ހިބްރޫއަށް ނިސްބަތްވާ މީޑިއާތަކުން ބުނެފިއެވެ. އިޒްރާއީލްގެ ވެރިރަށް ތެލްއަވީވް އާ ޖެހިގެން އޮންނަ ރަމްލާ ސިޓީގައި ރޭ ހިނގި އެކްސިޑެންޓުގައި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު، އިޓަމާ ބެން ގްވިރުގެ އިންނެވި ކާރުކޮޅުވަނީ ހަތަރު އަނގޮޅި ކަންމައްޗަކުން ހުރަސްކުރަނިކޮށް ފުރޮޅާލާފައެވެ. ހިބްރޫގެ މީޑިއާތަކަށް މައުލޫމާތުދެމުން ގްވިރުގެ އިންނެވި ކާރުކޮޅުގައި ޖެހުނު ކާރުގެ ޑްރައިވަރު ބުނެފައިވަނީ ވަޒީރުގެ ކާރުކޮޅު ދުއްވާފައިވަނީ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓައި ދުއްވަން ވާވަރަށްވުރެ ބާރަށެވެ. މި އެކްސިޑެންޓްގައި އެންމެ ބޮޑުވަރުވެފައިވަނީ ވަޒީރުގެ ކާރަށެވެ. އެކްސިޑެންޓުގައި ގްވިރު އިންނެވި ކާރުކޮޅު ވަނީ ފުރޮޅާލައި އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. https://twitter.com/jacksonhinklle/status/1783890360579613094 ގްވިރުގެ އިންނެވި ކާރުކޮޅުގައި ޖެހުނު ކާރުގެ ޑްރައިވަރު ބައެއް މީޑިއާތަކާ ވާހަކަދައްކަމުން ބުނެފައިވަނީ ވަޒީރަށް އެހާބޮޑަށް އަނިޔާވެފައިވަނީ ޝީޓްބެލްޓް އަޅާފައި ނެތުމުން ކަމަށެވެ. މި ކަމާ ގުޅިގެން އިޒްރާއީލް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެގަޑީގައި ކާރު ބާރަށްދުއްވަން ޖެހުނީ އެ ސަރަހައްދުގެ ސަލާމަތީކަންކަން ހުރިގޮތުން ކަމަށެވެ. އެކްސިޑެންޓުގައި ގްވިރުއަށް މާބޮޑު އަނިޔާ ނުވާކަމަށާއި، ނަމަވެސް ކަނދުރާއަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައިވާކަމަށެވެ. އިޒްރާއީލްގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު، އިޓަމާ ބެން ގްވިރުގެ ކާރުކޮޅު ރޭ އެކްސިޑެންޓް ވެފައިވާއިރު، މިއީ ގްވިރުގެ ކާރުކޮޅު އެކްސިޑެންޓްވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓްމަހުވެސް ވަނީ މިގޮތަށް ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓައި ދަނިކޮށް އެކްސިޑެންޓެއް ހިނގާފައެވެ.'

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ