މާލެ: 31°C

އިސްލާމިކު މިނިސްޓްރީގެ "ދާރުއް ސަލާމް" އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

އިސްލާމިކު މިނިސްޓްރީގެ "ދާރުއް ސަލާމް" އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
August 16, 2024
2 ފަހަރު ބަލާފައި
އިސްލާމިކު މިނިސްޓްރީގެ "ދާރުއް ސަލާމް" އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ބުރާސްފަތި ދުވަހު އިސްލާމިކު މ ިނ ިސްޓަރީން ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ ވަޤުފުތައް އިތުރުކުރުމުގެ މަޤުޞަދުގައި ހުޅުމާލެ ފޭސް 1 ގައި "ދާރުއް ސަލާމް" ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން އެ އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރ ފިނޭންސްގެ އުޞޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެކަމަށް ޝައުގުވެރިވެލައްވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ.

އެ އިއުލާނުގައި ބަޔާންކޮށްފައިވާގޮތުން ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 އޮގަސްޓް 26  ވާ ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި އެވެ.

އިސްލާމިކް މިނިސްޓަރީން މީގެ ކުރިންވެސް ވަނީ ވަގުފް އިމާރާތެއް މާލޭގައި އިމާރާތްކޮށްފައިއެވެ. އެ އިމާރާތައް ކިޔާފައިވަނީ "ދާރުން އީމާން" އެވެ. އެ އިމާރާތް ހުންނަނީ މާފަންނު މަދުރާއާއި ޖެހިގެން ސޯޝަލް ސެންޓަރ ކުރިމަތީގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ