މާލެ: 31°C

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ޑރ.މުއިއްޒު ރަމަޟާންމަހުގެ ތަހުނިޔާ ފޮނުއްވައި

March 1, 2025
176 ފަހަރު ބަލާފައި
އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ޑރ.މުއިއްޒު ރަމަޟާންމަހުގެ ތަހުނިޔާ ފޮނުއްވައި
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ އަމިއްލަ ނަންފުޅުގައި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް 1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާ ފޮނުއްވަވައިފިއެވެ.

އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ފޮނުއްވި ރަމަޟާން މަހުގެ ތަހުނިޔާ މެސެޖުގައި އެމަނިކުފާނު ވަނީ، މި މައްސަރަކީ ރޫޙު އާލާކޮށް، މުރާޖަޢާކުރުމާއި އެއްބައިވަންތަކަމުގެ މައްސަރުކަމާއި، އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަޤީދާ ހަރުދަނާކުރުމުގެ މައްސަރުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި މި ރަމަޟާންމަހު، އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާކުރެވި، ޚިދުމަތްކުރުމުގެ ޢަޒުމު ވަރުގަދަވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްޙަތެއްގައި ލެހެއްޓެވުމަށާއި، ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދުޢާ ދަންނަވާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ