
އިސްލާމް ދީނުގެ މަގުބޫލުކަން ދަނީ އިތުރުވަމުން : ޑރ. އަލީ ޒާހިރު
އިސްލާމް ދީނުގެ މަގުބޫލުކަން ދަނީ އިތުރުވަމުން : ޑރ. އަލީ ޒާހިރު
ލިޔުން:
އިސްލާމްދީނުގެ މަގްބޫލުކަން އިތުރުވަމުންދާ ކަމުގައާއި އެއީ މި ދީނަކީ ހައްގުގެދީނަށް ވާތީކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޑރ. އަލީ ޒާހިރު މިހެން ވިދާޅުވީ އިހްޔާ ފޯރަމްގެ 11 ވަަނ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ޑރ. އަލީ ޒާހިރު ވިދާޅުވީ އިސްލާމްދީން ފިޔަވާ އެހެން ދީނެއް ހޯދައިގެންފި މީހާގެ ކިބައިންއެކަން ގަބޫލު ނުކުރައްވާނެކަމަށާއި ދީނަކީ އިސްލާމްދީން ކަމަށްވާއިރު، ކޮންމެ މީހަކުވެސް އެމީހާގެ ފިތުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭނުންވާކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމެއްގެ ޣައިރު މުސްލިމުން 2015 އިން 2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބައްލަވަމުން، އޭނާ ވިދާޅުވީ. އެ ދިރާސާގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާ ދީނަކީ އިސްލާމްދީންކަމަށް ފާހަގަކޮށްފައިވާކަމަށެވެ. އެގޮތަށް އިސްލާމްދީން ކުރިހޯދައި އެހާ ބާރުމިނެއްގައި ފެތުރެމުންދަނީ ހައްގު ދީންކަމުގައިވާތީއާއި މި ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަމާއި، މިއީ އުންމީދު ގެނެސްދޭ ދީނަކަށްވާތީއާއި، އިޖުތިމާއީ، ދީނީ ރޫހުއާލާވާ، އަދުލުވެރި ދީނަކަށް ވާތީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިހްޔާ ފޯރަމްގައި އެކި އިލްމު ވެރި ދީނުގެ މުހިންމު ކަންކަމާމެދު ތަގުރީރު ކުރައްވަމުންދެއެވެ. އެގޮތުން ރޭގެ މައުޟޫއަކީ ”އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟" މިއެވެ. މިމައުޟޫއަށް ޑރ.އަލީ ޒާހިރުގެ އިތުރުން ޝެއިހް ނަސްރު ވެސް ވާހަކަ ދެއްކެވިއެވެ. ދެބޭފުޅުންގެ ވާހަކާގައި ވެސް އިސްލާމް ދީނަށް މަގުބޫލުކަން ލިބެމުންދާނި ކީއްވެގެންކަމާ މެދު ވަރަށް ތަފްސީލުކޮށް އަލިއަޅުވާލެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
