މާލެ: 31°C
އިސްލާމް ދީނާއި މެދު ނަފްރަތުގެ އަމަލުތައް ހުއްޓުވަން ގަރާރެއް ފާސްކޮށްފި

އިސްލާމް ދީނާއި މެދު ނަފްރަތުގެ އަމަލުތައް ހުއްޓުވަން ގަރާރެއް ފާސްކޮށްފި

July 13, 2023
2 ފަހަރު ބަލާފައި
އިސްލާމް ދީނާއި މެދު ނަފްރަތުގެ އަމަލުތައް ހުއްޓުވަން ގަރާރެއް ފާސްކޮށްފި
އިސްލާމްދީނާމެދު ނަފްރަތު އުފެދޭ އަދި ތަފާތުކުރުންތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ އަމަލުތައް ހުއްޓުވުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، (އޯއައިސީ) އާއި އދ ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީސް (ޔޫއެންއެޗްއާރްސީ) އަށް ހުށަހެޅި ގަރާރު ފާސްކޮށްފި އެވެ. ދިވެހިރާއްޖެއިން ވޯޓުލާފައިވަނީ އެ ގަރާރާ އެއްކޮޅަށެވެ. ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިދިވިދިގެން ހިނގަމުންދާ ކީރިތި ގުރުއާނުގެ މުސްހަފް އެންދުމުގެ ހާދިސާތަކާ ގުޅިގެން މިކަން އިތުރަށް ތަކުރާރުވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯއައިސީގެ މައި މަރުކަޒުގައި 2 ޖުލައި 2023 ވަނަ ދުވަހު އެޖަމްއިއްޔާ އިން ކުއްލި ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. [embed]https://twitter.com/MDVinGeneva/status/1678784870359748608[/embed] އޯއައިސީގެ އެދުމުގެ މަތިން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ވަނީ ކީރިތި ޤުރުއާނުގެ މުސްހަފު އެންދުމުގެ ހާދިސާތަކާ ގުޅިގެން އިތުރަށް މަޝްވަރާކުރުމަށްޓަކައި 11 ޖުލައި 2023 ވަނަ ދުވަހު އެމަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން އަރޖެންޓް ޑިބޭޓް އެއް ބާއްވާފައެވެ. މި ޑިބޭޓްގައި ދިވެހިރާއްޖެއިން ބައިވެރިވެ ވަޑައިގެންނެވީ، ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހްމަދެވެ. މިޑިބޭޓްގައި އާސިމް ދެއްވި ތަގުރީރުގައި ކީރިތި ގުރުއާނުގެ މުސްހަފު އެންދުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާޢީ ފޭރާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި މިފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށާއި މިފަދަ ޢަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަން ފާހަގަކުރައްވާފައެވެ. އަދި މުޖުތަމަޢުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމުކުރުމަށް މިފަދަ ޢަމަލުތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ