މާލެ: 31°C
އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

February 25, 2024
4 ފަހަރު ބަލާފައި
އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ވައްކަން އަދި ހުއްދަނެތް ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އިސްލާމިކް މަރުކަޒުގައި ތަޅުލާފައި ހުންނަ ގުދަނެއްގެ ތެރެއަށް ފާރުމަތިން އަރައިގެން މީހަކު ވަދެ އުޅޭ ކަމަށާއި އެ މީހާ އެތަނުގެ ސެކިއުރިޓީން ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން އެތަނަށް ދިޔައިރު އެތަނުގައި ހިފަހައްޓާފައިހުރީ އަހުމަދު ނިއުޝަމް ކަމަށް ހާދިސާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ