އިސްލާމީ މަރުކަޒުގައި މި އަހަރުގެ ރޯދަ މަހު އިމާމުވެ ތަރާވީސް ކުރާނެ އިމާމުން ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ އިސްލާމީ މަރުކަޒުގައި މި އަހަރު ތަރާވީސް ނަމާދު އިމާމުވެ ކުރާނީ ޒުވާން ހަތީބުންގެ ޓީމަކުން ކަމަށެވެ.
އެއީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް ކަމަށް ވިދާޅުވި އެވެ.
ސުލްޠާން މުޙައްމަދު ލަޠީފް މި ޓީމާ ގުޅޭނީ ފަހު ދިހައިގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަތީފް ކަމަަށް ވިދާޅުވިއެވެ







