މާލެ: 31°C

ރާއްޖޭގައި ހުރި އިސްލާމީމަރުކަޒް ތަކުގައި މިއަހަރު ލައިބްރަރީ ގާއިމްކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ

March 24, 2025
153 ފަހަރު ބަލާފައި
ރާއްޖޭގައި ހުރި އިސްލާމީމަރުކަޒް ތަކުގައި މިއަހަރު ލައިބްރަރީ ގާއިމްކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ
ރާއްޖޭގައި ހުރި އިސްލާމީމަރުކަޒް ތަކުގައި މިއަހަރު ލައިބްރަރީ ގާއިމްކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހުރި އިސްލާމީމަރުކަޒް ތަކުގައި މިއަހަރު ލައިބްރަރީ ގާއިމްކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫ ގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައިު އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފޭ ކަމަށެވެ.

އެހެންކަމުން މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ފުރިހަމަކުރުމަށް ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ގދ. ތިނަދޫއާއި ރ. އުނގޫފާރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފަށާފައިވާކަމަށެވެ.

އަދި މި އަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ޤާއިމުކުރަން ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ލައިބްރަރީ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ ސަލްމާން ސެންޓަރުގައި. އަންނަ މަހު ހުޅުވޭތޯ މަސައްކަތްކުރަމުން ދަނީ. ދެން ތިނަދޫއާއި އުނގޫފާރުގައި ލައިބްރަރީތައް ޤާއިމުކުރެވޭނެ." މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މިހާރު މަސައްކަތް ހިނގަމުންދާ އިސްލާމީ މަރުކަޒުތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން އައްޑޫ އަދި ހއ. ދިއްދޫ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް މި އަހަރު ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އެއްބަސްވުމުގައި ސޮއިކުރެވުނު ށ. މިލަންދޫގެ އިސްލާމީ މަރުކަޒުގެ މަސައްކަތަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މިލަންދޫގައި މަރުކަޒު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުގެ ދަށުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ