މާލެ: 31°C

އިސްދޫ ދައިރާ މެމްބަރު އަލީ ހަމީދު ޖޭޕީ ދޫކޮށް އެމްޑީޕީއަށް

އިސްދޫ ދައިރާ މެމްބަރު އަލީ ހަމީދު ޖޭޕީ ދޫކޮށް އެމްޑީޕީއަށް
April 3, 2023
2 ފަހަރު ބަލާފައި
އިސްދޫ ދައިރާ މެމްބަރު އަލީ ހަމީދު ޖޭޕީ ދޫކޮށް އެމްޑީޕީއަށް
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ މިއަދު ގުޅިވަޑައިގެންފި އެވެ. އެމްޑީޕީން ސޯޝަލް މީޑިއާގައި މިއަދު އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވި ރަސްމިއްޔާތުގައިި ރަައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވި އެވެ. އެމްޑީޕީގެ ޕާލަމެމްޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު އަސްލަމާއި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. [embed]https://twitter.com/MDPSecretariat/status/1642820667006672897?s=20[/embed] އަލީ ހަމީދު އެމްޑީޕީއަށް ބަދަލުވުމުން ރައްޔިތުންގެ މަޖިލީހުގައި ޖޭޕީގެ މެމްބަރުންގެ އަދަދު ދެއަކަށް ތިރިވާނެ އެވެ. މަޖިލީހުގައި އެޕާޓީގެ މެމްބަރުންގެ ގޮތުގައި ދެން ތިއްބަވާނީ މާމިނިގިލި ދާއިރާގެ މެމްބަރު ައަދި ޖޭޕީގެ ލީޑަރު ގާސިމް އިބާރާހީމާއ ކެންދޫ ދާްއިރާގެ މެމްބަރު އަލީ ހުސައިން އެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށި އިރު ޖޭޕީގެ ފަސް މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެވެ. އެއީ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ތިމަރަށުފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހިމެނޭ ގޮތުންނެވެ. އެ ދެ މެމްބަރުން ޖޭޕީން ވަކިވުމަށް ފަހު މިހާރު އުޅުއްވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި އަމިއްލަ ޕާޓީއެއް ހައްދަވައިގެންނެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ