މާލެ: 31°C
އަޔަލޭންޑުގެ ބޮޑުވަޒީރުގެ ކުއްލި އިސްތިއުފާ: މައްސަލައަކީ ފަލަސްތީނަށް ތާއީދުކުރުންތަ؟

އަޔަލޭންޑުގެ ބޮޑުވަޒީރުގެ ކުއްލި އިސްތިއުފާ: މައްސަލައަކީ ފަލަސްތީނަށް ތާއީދުކުރުންތަ؟

March 20, 2024
2 ފަހަރު ބަލާފައި
އަޔަލޭންޑުގެ ބޮޑުވަޒީރުގެ ކުއްލި އިސްތިއުފާ: މައްސަލައަކީ ފަލަސްތީނަށް ތާއީދުކުރުންތަ؟
އަޔަލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރަދުކަރް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާނޭކަން މިއަދު އިއުލާނުކުރައްވައިފިއެވެ. މަގާމުން އިސްތިއުފާދެއްވާނޭކަން ހާމަކުރައްވައި ދެއްވި މެސެޖެއްގައި ވަރަދުކަރް ވިދާޅުވެފައިވަނީ، އޭނާ އިސްތިއުފާ ދެއްވުމަށް ނިންމެވީ އަމިއްލަ ސަބަބުތަކެއްގެ އިތުރުން ސިޔާސީގޮތުން ހުރި ގޮންޖެހުންތައްކަމަށެވެ. އައިރިޝްގެ ބޮޑުވަޒީރުގެ މި ސްޓޭޓްމަންޓް މާނަކުރަމުން ބައެއް އެގައުމުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ވަރަދުކަރް މަގާމުން އިސްތިއުފާދިނުމަށް މަޖުބޫރުވި މައިގަނޑު ސަބަބަކީ ފަލަސްތީނަށް ތާއީދު ކުރާތީކަމަށެވެ. ވަރަދުކަރް ވަނީ މިފަހުން އެމެރިކާއަށް ކުރެއްވި ޒިޔާރަތުގައި ވައިޓްހައުސްގައި އެމެރިކާގެ ރައީސް ޖޯއީ ބައިޑެން އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށްބޮޑަށް ފަލަސްތީނަށް ތާއީދުކުރައްވައި ވާހަކަދައްކަވާފައެވެ. ވައިޓްހައުސްގައި ވާހަކަދައްކަވަމުން ވަރަދުކަރް ވިދާޅުވީ ފަލަސްތީނުގެ ގައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުން އަވަސްކުރަން ޖެހޭކަމަށާއި، ގާޒާ މިހާރު އޮތީ އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމަށެވެ. ވައިޓް ހައުސްގައި ބޭއްވި މި ބައްދަލުވުމުގައި އަޔަލޭންޑުގެ ބޮޑުވަޒީރު ވިދާޅުވީ އަޅުވެތިކަމުގެ ވޭންތައް އެންމެ ރަނަގޅަށް އެނގޭނެ އެއް ބަޔަކީ އޭނާގެ ގައުމުގެ ރައްޔިތުން ކަމަށާއި، ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ ޖަރީމާތައް ދިގުލައިގެން ހިނގައްޖެ ކަމަށެވެ. އައިރިޝްގެ ބޮޑުވަޒީރު ވައިޓްހައުސްގައި ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކެވިއިރު، މިއީ މިހާ ފާޅުކަން ބޮޑުގޮތެއްގައި އެމެރިކާގެ ރައީސްގެ ގެކޮޅުގައި އިޒްރާއީލް ކުއްވެރިކޮށް ފަލަސްތީނާ އެއްކޮޅަށް ގައުމެއްގެ ލީޑަރަކު ވާހަކަދެއްކެވި ފުރަތަމަ ފަހަރުކަމަށް ބޭރުގެ މީޑިއާތަކުން ފާހަގަކުރެއެވެ. އަޔަލޭންޑަކީ ޔަހޫދީ ސިފައިން ގާޒާއަށް ބޮންއަޅަން ފެށުމާއެކު އިޒްރާއީލުގެ އުދުއާން ކުއްވެރިކޮށް އެންމެފުރަތަމަ އަޑުއުފުލަންފެށި ޔޫރަޕްގެ ގައުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ