
އިރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެ
އިރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެ
ލިޔުން:
އިރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު، މޫސުމް ގޯސްވުމުގެ ސަބަބުން ގެއްލުމާއެކު މުޅި ދުނިޔޭގެ ސަމާލުކަން އެދިމާއަށް އެނބުރިއްޖެއެވެ.
އިޒްރޭލަށް ކާމިޔާބު ހަމަލާތަކެއް ދިންތާ މާގިނަ ދުވަސްތަކެއް ނުވަނީސް، މިއަދު އާޒަރުބައިޖާނުގެ ބޯޑަރުކައިރިއަށް ފޮރިން މިނިސްޓަރާއެކު އިރާނުގެ ރައީސް އެބްރާހީމް ރައިސި ވަޑައިގެންނެވުމަށް ފަހު އެނބުރި ވެރިރަށަށް ވަޑައުގަތުމަށް ދަތުރުުކުރައްވަނިކޮށް ހެލިކޮޕްޓަރު ބިމަށް ތިރިކޮށްފައިވަނީ އާދަޔާ ޚިލާފު ބާރު މިނެއްގައި ކަމަށް އީރާނުގެ ދާހިލީ ވަޒީރު ވިދާޅުވެފައިވެއެވެ.
އީރާނުގެ ގައުމީ މީޑިޔާއިން މައުލޫމާތުދޭ ގޮތުގައި ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު އޮތްތަންް މިހާރު ދެނެގަނެވިފައިވީނަމަވެސް، ފޮގާއި މޫސުމީ އެހެނިހެން ހުރަސްތަކުގެ ސަަބަބުން، ރެސްކިއު ޓީމުތަކަށް އެހިސާބަށް ވާސިލްވުމުގައި އިންތިހާއަށް ގޮންޖެހުންތައް އެބަހުއްޓެވެ.
މިހާދިސާއާ ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީ ގެންދަވަނީ އީރާނުގެ ވެރިންނާއެކު ކުއްލި މަޝްވަރާތަކެއް ބާއްވަވަމުންނެވެ. އަދި ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގައި އީރާނުގެ ހުރިހާ ވަސީލަތްތަކެއް ވީއެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް ވެސް ވަނީ އަމުރުކުރައްވާފައެވެ.
ދުނިޔޭގެ މީޑިޔާތަކުގެ ނަޒަރު މި ހާދިސާއަށް ހުއްޓިފައިވާއިރު އެންމެންވެސް ކުރާ އެއް ސުވާލެއް އެބައެވެ؛ އިރާނުގެ ރައީސް ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަ ހުންނެވިތޯއެވެ؟ ހާމަނާއީވެސް ގެންދަވަނީ އެސުވާލުގެ ޖަވާބު ހޯއްދަވައި އިރާނުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީހާވެސް އަވަހަކަށް ޖަވާބެއް ދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
