
އީރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރަކީ އީރާނުގެ އަސްކަރިއްޔާގެ ޝަރަފެއް، އެކަމަކު މިފަހަރު ފުން ހިތާމައެއް!
އީރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރަކީ އީރާނުގެ އަސްކަރިއްޔާގެ ޝަރަފެއް، އެކަމަކު މިފަހަރު ފުން ހިތާމައެއް!
ލިޔުން:
އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުމާއެކު މުޅި ދުނިޔެއިން ވެސް މިހާރު ސުވާލު އުފައްދާފައިވަނީ އެމަނިކުފާނު ދަތުރުކުރެއްވި ހެލިކޮޕްޓަރުގެ ސަލާމަތީ ކަންކަމާމެދުގައެވެ.
ރައީސީ ދަތުރުކުރައްވަނިކޮށް ވެއްޓިފައި ވަނީ ބެލް 212 މަރުކައިގެ ހެލިކޮޕްޓަރެކެވެ. މިއީ ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު އެންމެ ފުރަތަމަ އުފެއްދި ބެލް 212 މަރުކައިގެ ހެލިކޮޕްޓަރެކެވެ. އިރާނުގައި މި މަރުކާރުގެ 10 ހެލިކޮޕްޓަރު ސިފައިންނާއި ފުލުހުން އަދި ރަސްމީ އެކިއެކި ބޭނުންތަކުގައި އީރާނުގެ އޮފިޝަލުން ދަތުރުކުރެއްވުމަށް ބޭނުންކުރާ ކަމަށްވެއެވެ. 1960ގެ އަހަރުތަކުގެ ތެރޭގައި ކެނެޑާގެ އަސްކަރީ ބޭނުންތަކަށް އުފެއްދި މި ހެލިކޮޕްޓަރުގައި ދެ އިންޖީނު ހަރުކޮށްފައި ހުރުމުން އެ އުޅަނދު ވެގެން ދިޔައީ އަސްކަރީ ބޭނުންތަކާއި ސިވިލިއަނުން އުފުލުމަށް ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔަ އުޅަނދަކަށެވެ. އެއާއެކު 1971 ވަނަ އަހަރުން ފެށިގެން ކެނެޑާގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާއިން ވެސް އެ ހެލިކޮޕްޓަރު ބޭނުން ކުރަން ފެށިއެވެ.
ދުނިޔޭގެ އަސްކަރީ ތަޖުރިބާކާރުން ވިދާޅުވިގޮތުގައި އިރާނުގެ ރައީސް ދަތުރުކުރެއްްވި ހެލިކޮޕްޓަރަކީ ސަލާމަތީ ގޮތުން މިހާތަނަށް އެންމެ މަގުބޫލު އުޅަނދެވެ. އޭގެ ސަލާމަތީ ފީޗާސްތަކާއި ކޮމިއުނިކޭޝަން ސިސްޓަމަކީ ސުވާލެއް ނުއުފެދޭވަރުގެ ފުރިހަމަ ނިޒާމުތަކެއް ކަމަށް ތަޖުރިބާކާރުން ސިފަކުރެއެވެ. އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައިސީ ދަތުތުކުރެއްވި ހެލިކޮޕްޓަރަކީ އިރާނުން އަމިއްލަ ބައެއް ބަދަލުތައްވެސް ގެނެސްފައިވާ އެއްފަހަރާ 15 މީހުންނަށް ދަތުރުކުރުމުގެ ހުއްދަ އޮންނަ އުޅަނދެކެވެ.
ބެލް މަރުކައިގެ ހެލިކޮޕްޓަރުތަކުގެ މަޤްބޫލުކަން އިތުރުވީ އެކި ބޭނުންތަކަށް އެ އުޅަނދުތައް ބޭނުން ކުރެވޭތީއެވެ. އެ ގޮތުން ހަނގުރާމައިގެ އިތުރުން ފަސިންޖަރުން އުފުލުމަށާއި މުދާ އުފުލުމަށާއި އަލިފާން ނިއްވުމަށް އެ ހެލިކޮޕްޓަރު ބޭނުން ކުރެވެއެވެ. އެއިން ކޮންމެ ކަމަކަށް ހެލިކޮޕްޓަރު ބޭނުންކުރުމަށް ފަސޭހައިން ބަދަލުކޮށްލެވެއެވެ.
ރައީސީ ދަތުރުކުރައްވަނިކޮށް ވެއްޓުނު ހެލިކޮޕްޓަރު ޢާންމުކޮށް ބޭނުންކުރަމުންދިޔައީ އީރާނުގެ ސަރުކާރުގެ ވެރިން ދަތުރުކުރެއްވުމަށެވެ. އެހެންނަމަވެސް އިރާނުގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން މުވާސަލާތީ ނިޒާމް ފޭލްވި ސަބަބާ މެދު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. ޑްރޯންގެ އެހީގައި، އެހެލިކޮޕްޓަރު ވެއްޓިފައިވާ ތަން ހޯދުމަށް ދިހަ ގަޑިއިރު ހޭދަވެގެން ދިޔައީ، ހެލިކޮޕްޓަރުގައި އޮން ކޮށްފައި އިންނަން ޖެހޭ ޑިސްޓްރެސް ސިސްޓަމް ވެސް މަސައްކަތްކުރުން ހުއްޓިފައިވާތީއެވެ. އަދި ހެލިކޮޕްޓަރު ލޮކޭޓްކުރުމަށްޓަކައި އޭގައި ގާއިމްކޮށްފައިވާ އެންމެ ޒަމާނީ މުވާސަލާތީ ނިޒާމް ފޭލްވުމުގެ އިތުރުން، ފޮގާއި ގަދަ ވައިގެ ތެރޭގައި ހެލިކޮޕްޓަރު އުދުއްސައި، އެވަރުގެ ބޮޑު ރިސްކެއް ނެގި ސަބަބާ މެދުވެސް މިހާރު ދަނީ ތަހުގީގު ހިންގަމުންނެވެ.
ވެއްޓުނު ބެލް 212 މަރުކައިގެ ހެލިކޮޕްޓަރު ބޭނުންކުރާ ރަސްމީ ވުޒާރާތަކުގެ ތެރޭގައި އެމެރިކާގެ ތަންފީޒީ ބާރުތަކާއި އަލިފާން ނިއްވާ ފަރާތްތަކާއި ޖަޕާނުގެ ކޯސްޓް ގާޑާއި ތައިލޭންޑުގެ ފުލުހުން ހިމެނެއެވެ.
މީގެ ކުރިން ވެސް ބެލް 212 މަރުކައިގެ ހެލިކޮޕްޓަރުތައް ވެއްޓުމުގެ ޙާދިޡާތައް ހިނގާފައިވެއެވެ. އެ ގޮތުން 2018 ވަނަ އަހަރު އެ މަރުކައިގެ ހެލިކޮޕްޓަރެއް އީރާނުގައި ވެއްޓި ހަތަރު މީހުން މަރުވެފައިވެއެވެ. އެފަދަ ޙާދިޡާއެއް އެންމެ ފަހުން ހިނގާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެ ފަހަރު އަމިއްލަ ފަރާތަކުން ދުއްވި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އެކުވެރި ޢަރަބި އިމާރާތުގައެވެ.
އިރާނުގެ އަސްކަރިއްޔާގެ ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެ ހެލިކޮޕްޓަރުވަނީ ދުން ފިންޏާއި ގަދަވަޔާއި ވިއްސާރައާ ދެކޮޅަށް ކާމިޔާބު އެތައް ދަތުރެއް ކޮށްފައެވެ. މިފަހަރު ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގި ކަމަށް ބެލެވެނީ ފަރުބަދަތަކުން ނުނެއްޓޭހާ ތިރިން ހެލިކޮޕްޓަރު ދުއްވަމުން ދިއުމާއި، ދަތުރަށް ފެށިއިރުވެސް ޕައިލެޓުންގެ ފުރިހަމަ ކޮންޓްރޯލް ހެލިކޮޕްޓަރުގެ މައްޗަށް ނެތުމުންނެވެ. އެއީ މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ހެލިކޮޕްޓަރު ދުއްވަމުން ދިޔައީ އެއްވެސް އަމާޒެއް ނެތް، ހުންގާނެއް ނެތް ދޯންޏެއް ފަދައިން އެގޮތް މިގޮތަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
