
ފާއިތުވި ހުރިހާ ދުވަހެއްގައި އެޅިފައިވާ އިގްތިސާދީ މަރުތަޅުން ޑރ. މުޢިއްޒު އައްޑޫ މިންޖުކޮށް ދެއްވާނެ: ނިހާދު
ފާއިތުވި ހުރިހާ ދުވަހެއްގައި އެޅިފައިވާ އިގްތިސާދީ މަރުތަޅުން ޑރ. މުޢިއްޒު އައްޑޫ މިންޖުކޮށް ދެއްވާނެ: ނިހާދު
ލިޔުން:
ފާއިތުވި ހުރިހާ ދުވަހެއްގައި އައްޑޫގެ ތަރައްގީގައި އޮތީ މަރުތަޅު އަޅުވާފައި ވާކަމަށާއި އިގްތިސާދީ މަރުތަޅުން އައްޑޫ ސަލާމަތްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްްމަދު މުޢިއްޒު ކަމުގައި އައްޑު އަތޮޅު ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ދޫކުރައްވައި ދާދި ފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ނިހާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުކޮމިޓީގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ސިޓީ ތަމްސީލުކުރައްވާ މެމްބަރުންގެ ގާތުގައި އާދޭސް ދެންނެވުމުންވެސް ދާއިރާތައް ތަރައްގީކުރުމަށް ބޭނުންވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނުއްވައި ދެއްވާފައި ނުވާ ކަމަށެވެ.
އައްޑޫގެ ޕޯޓު ޕްރޮޖެކްޓުވެސް އެވޯޑުކޮށްފައި އޮތީ ނަމެއްގައިކަން ފާހަގަކުރައްވަމުން ނިހާދު ވިދާޅުވީ، ބަޖެޓުގައި އެ މަޝްރޫއަށް ފައިސާ ހިމެނުމަށް އާދޭސްކުރެއްވިކަމަށާއި އެހެންނަމަވެސް ބަޖެޓުކޮމިޓީގައި ތިއްބެވި “ކުޑަ ސަރުކާރު” ގެ ވެރިން އެކަން ކޮށްދެއްވާފައި ނުވާކަމަށެވެ.
ޕީއެންސީއިން އައްޑުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެމްބަރު ނިހާދު ވިދާޅުވީ، ޖަލްސާއަށް ވަޑައިގަތުމުގެ ކުރިން އޭނާ ކޮންމެވެސް ވަރަކަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ބައްލަވާލެއްވިކަމަށެވެ. އޭނާ ކުޑަކުޑަކޮށް ބަލާލުމުންވެސް ފާއިތުވި ހުރިހާ ދުވަހެއްގައި އެޅިފައިވާ އިގްތިސާދީ މަރުތަޅުން އައްޑޫ މިންޖުކޮށް ދިނުމަށްޓަކައި ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފެނިވަޑައިގެންނެވިކަމަށާއި އެ ވައުދަކީ އައްޑޫ އެއަރޕޯޓު ރަސްމީ ގޮތުން ބައިނަލްއަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ހެދުންކަމަށްވެސް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މަރުތަޅު ނެއްޓުމުގެ ލަނޑުދަނޑި ހާލިކުރެއްވުމުގެ ގޮތުން ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި އައްޑޫގެ ހަންކެޑެ އާއި އައްސޭރި ޕްރޮޖެކްޓު ހިންގުންވެސް ހިމެނޭކަމަށެވެ. އަދި ތިންވަނަ ކަމަކީ ބައިނަލްއަގުވާމީ ޕޯޓެއް ތަރައްގީކޮށްދެއްވުންކަމަށްވެސް ހާމަކަުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގައި ހުންނެވިކަމަށާއި އެހެންކަމުން އެ ހައިސިއްޔަތުން ޕީއެންސީގެ ސަރުކާރެއް އޮތް ނަމަވެސް އައްޑޫގައި ކުޑަ ސަރުކާރެއް އުފެދިގެން ގޮސްފި ހާލަތެއްގައި ގައުމުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެކަން ދަންނަވާކަމަށެވެ.
އެހެންކަމުން އޭނާގެ އާދޭހަކީ މިއަދު ތަރައްގީތައް ލިބިގަތުމަށްޓަކައި ނުކުމެ މަސައްކަތްކުރެއްވުންކަމަށްވެސް ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ، ފޭދޫގައި ބިން ހިއްކާފައި އޮންނަތާ އެތައް އަހަރެއް ވެފައިވާކަމަށާއި އެހެންނަމަވެސް އިތުރު މަސައްކަތެއް އެތަނުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިނުވާއިރު، އެކަންކަން ކުރިއަށް ގެންދިއުމަށް އެދި އެތައް ފަހަރެއްގެ މަތިން އާދޭސްކޮށް ދަންނަވާފައިވާނެކަމަށްވެސް ހާމަކުރެއްވިއެވެ.
ނިހާދު ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްގީއާއި އިގްތިސާދާ ގުޅިފައިވާ މަޝްރޫޢުތައް ހަގީގަތަކަށް ހެދޭނީ ޕީއެންސީގެ މެމްބަރުން މަޖިލީހަށް އިންތިހާބުކޮށްގެން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
