"ދިވެހި ރާއްޖޭގެ އަޑުގެ ބާ އިމާރާތް އަނެއްކާވެސް ބާ ޖަމާލުއްދީން އެކޭ އެއްފަދައިނ ބާ އިމާރާތް އަޅުގަނޑުމެންނަށް ދެއްވާ ގޮތަށް ހަމަޖައްސައި ދެއްވާފަ އޮތީ އެހެންވީމަ އެ އިމާރާތް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް އަންގަވާފަ އޮތް ތާރީހަކީ މިއަދު އެހެން ނަމަވެސް އަދި އޭގެ މާބޮޑު ކުރިއެރުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ، ރައީސް ދެންމެ ވިދާޅުވިފަދައިން އިންތިހާބުގެ މަސައްކަތްތައް އަޅުގަނޑުމެން 9 ސެޕްޓެންބަރުގަ އިންތިހާބު ބޭއްވުމައްޓަކައި ރޭވިގެންދާ އިރު އަޅުގަނޑުމެން މަސައްކަތް ކުރާނެ ޖާގައާ މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތި މަސައްކަތް ނުފެށިދާ ކަމައްވަންޏާ އިނތިހާބުގަ އަޅުގަނޑުމެން ދެންމެ މިދެންނެވި ތާރީހު ތަކަށް ބަދަލު އައުމަކީއެކަށީގެން ވާނެ ކަމެއް " އިސްމާއީލް ހަބީބު ވިދާޅުވިއެވެ.އިންތިހާބުގެ މައިމަރުކަޒުގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައީ ބާޖަމާލުއްދީންގެ އިމާރާތެވެ. އެހެން ނަމަވެސް އަރަބިއްޔާ ސުކޫލުގެ އާ އިމާރާތް އެޅުމައްޓަކައި މިހާރު އެތަން ވަނީ ހުސްކޮށްފަ އެވެ. ހަބީބު ވިދާޅުވީ އޭގެ ފަހުން އީސީ ގެ މުއައްޒަފުން މަސައްކަތް ކުރަމުން ދަނީ މިވަގުތު އެކޮމިޝަނު ގެ ހެޑް އޮފީހުގައި ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ ވަރަށް ދަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ . ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހު އެވެ. އީސީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނާނީ އޮގަސްޓް 10 އިން ފެށިގެން ސެޕްޓެމްބަރު އަށް ވަނަ ދުވަހާ ހަމައަށެވެ. މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު ސެޕްޓެމްބަރު ނުވަޔަކާ ހަަމައަށް ދާއިރު ގާތްގަނޑަކަށް 280،000 އަށް އަރާނެ ކަަމަށް އީސީން ލަފާކުރެ އެވެ. އެއީ 2018 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނު މީހުންގެ އަދަދަށް ވުރެ ގާތްގަނޑަކަށް 21،000 މީހުންގެ އިތުރުވުމެކެވެ.
އިންތިހާބުގެ މައިމަރުކަޒު ތައްޔާރު ކުރުން ލަސްވާތީ އީސީގެ ކަންބޮޑުވުން

އިންތިހާބުގެ މައިމަރުކަޒު ތައްޔާރު ކުރުން ލަސްވާތީ އީސީގެ ކަންބޮޑުވުން
ލިޔުން:
ރިޔާސީ އިންތިހާބުގެ ތާރީހުތައް އިއުލާނުކުރި އިރު އިންތިހާބުގެ މައިމަރުކަޒު ތައްޔާރު ކުރުން ލަސްވާތީ އިލެކްޝަން ކޮމިޝަން (އީސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަން ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އިނތިހާބުގެ މައިމަރުކަޒު ތައްޔާރު ކުރެވުން ލަސްވާނަމަ އިންތިހާބުގެ ތާރީހު ތަކަށް ބަދަލު އަންނާނެ ކަމަށެވެ .އެގޮތައް ކަންތައް ވެއްޖެ ނަމަ އެއީ ވަރަށް އުނދަގޫކަމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
