
އިންތިހާބުތަކުގައި ވޯޓުލާން، ޑިޖިޓަލް އައިޑީކާޑް ބޭނުމެއް ނުކުރެވޭނެ: އީސީ
އިންތިހާބުތަކުގައި ވޯޓުލާން، ޑިޖިޓަލް އައިޑީކާޑް ބޭނުމެއް ނުކުރެވޭނެ: އީސީ
ލިޔުން:
ރިޔާސީ އިންތިހާބުގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭނެ ކަމަށް އިލެއްކްޝަން ކޮމިޝަނުން ބުނެފި އެވެ.
އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރަން ފެށި ނަމަވެސް، އިންތިހާބާ ބެހޭ އާއްމު ގާނޫނު އޮތް ގޮތުން، އިންތިހާބުތަކުގައި ޑީޖިޓަލް އައިޑީކާޑު ބޭނުމެއް ނުކުރޭނެ ކަމަށެވެ. އެއީ ގާނޫނު ބުނާގޮތުން ވޯޓުލާ މަރުކަޒުގެ ތެރެއަށް ފޯނު ވެއްދުމަކީ މަނާކަމަކަށް ވާތީއެވެ. އިލެކްޝަނުން ބުނެފައިވަނީ މިވަގުތު ޑިޖިޓަލް އައިޑީ ކާޑު މަނާ ވިކަމުގައި ވިޔަސް، ގާނޫނު ހަދާ މަޖިލީހުން އެކަމަށް ކަނޑައެޅިގައިވާ ގަވާއިދަށް ބަދަލު ގެނެސްފިނަމަ، އިލެކްޝަން ކޮމިޝަނުން ޑިޖިޓލް އައިޑީ ކާޑު ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.
ގާނޫން ގައި ބަޔާންކޮށްފައިވާ ގޮތުން ވޯޓު ލުމަށް ބޭނުން ކުރެވޭނީ ހަތަރު ވައްތަރެއްގެ ޑޮކިއުމެންޓެކެވެ. އެއީ އައިޑީ ކާޑު، ލައިސަންސް ކާޑު، ޕާސްޕޯޓް އަދި ޕާސްޕޯޓް ކާޑެވެ. މީގެ ތެރެއިން މުއްދަތް ހަމަނުވާ ކޮންމެ ބާވަތެއްގެ ޑޮކިއުމަންޓެއް ވެސް ބޭނުން ކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
މިއަހަރު ރިޔާސީ އިންތިހާބުގެ ވޯޓު ލުން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 09 ވަނަދުވަހު އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުންނަށް ލިބިފައި ވެއެވެ. އަދި 600 އަށް ވުރެގިނަ ވޯޓު ފޮށި މިފަހަރުގެ އިންތިހާބުގައި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
