އިންތިހާބު ކުރިއަށް ގެންދަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނަން: އެމްޑީޕީ

އިންތިހާބު ކުރިއަށް ގެންދަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނަން: އެމްޑީޕީ
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅަން މިހާރު ކުރިއަށް ގެންދާ އެތެރޭގެ އިންތިހާބު ކުރިއަށް ގެންދަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ޕާޓީގެ މެމްބަރުންނަށް ދޭ ކަމަށް އެމްޑީޕީން ބުނެފި އެވެ.
މުޅި ރާއްޖޭގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ވޯޓުލުން ހުއްޓައިލަން ވެސް ޖެހުނެވެ. ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުފޮށިތައް ފަޅާލައި ބޮޑެތި ގެއްލުންތައް ދިނުމުން އެކަންކަމުގައި ތުހުމަތުކުރެވޭ މީހުން ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.
ހަމަނުޖެހުންތަކަށް ފަހު އެމްޑީޕީގެ ސެކްރެޓޭރިއަޓުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ވޯޓުފޮށިތައް ފަޅައި ގެއްލުން ދިނުމުގެ ހަރަކާތްތައް ނުހިންގަން ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. އެފަދަ ގެއްލުންތައް ދޭ ނަމަ ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"...މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވަމެވެ،" އެމްޑީޕީގެ ޓްވީޓުގައި ބުންޏެވެ.
[embed]https://twitter.com/MDPSecretariat/status/1619295492613234688?s=20&t=72sif9IMecaK_1yIburzOQ[/embed]
ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތާ މެދު އެންމެ ބޮޑެތި ތުހުމަތުތައް ކޮށް ވޯޓުލާ މަރުކަަޒުތަކުގާއި ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުން ގެންދަނީ މި ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުަހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުންނެވެ. އެ ޓީމުން އެންމެ ފުރަތަމަ އުފުލި އެއް ޝަކުވާ އަކީ ވޯޓުލާ ލިސްޓްގައި ނަން ނެތް ފަރާތްތަކުން ވޯޓުލީ ކަމަށް ބުނެ ކުރި ޝަކުވާ ތަކެކެވެ.
ވޯޓުލާމީހުންގެ ލިސްޓްގައި ނަން ނެތް މީހަކު ވޯޓުލީ މައްސަލަ އެންމެ ފުރަތަމަ އުފެދުނީ ގއ. ވިލިނގިލީ މީހުން ވޯޓުލާން ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ފޮށީގަ އެވެ. ލިސްޓްގައި ނަން ނެތް މީހަކު އެފޮށްޓަށް ވޯޓުލީ ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ އޮފިޝަލުން އެއްބަސްވެވަޑައިގެންނެވި އެވެ. އެ މައްސަލަ ހައްލުކޮށް އެފޮށްޓަށް ވޯޓުލުން މިހާރު ވެސް ކުރިއަށް އެބަ ދެ އެވެ.
ވޯޓުލާ އެކި މަރުކަޒުތަކުގައި އޭގެ ފަހުން ޒުވާބު އުފެދި، ބައެއް މަރުކަޒުތަކުގައި ވޯޓުލުން ހުއްޓައިލަން ވެސް ޖެހުނެވެ. އެފަދަ ފުރަތަމަ ހަމަނުޖެހުން ހިނގީ ގދ. ގައްދޫގަ އެވެ. އެރަށުގެ ވޯޓުލާ މަރުކަޒުގައި އުފެދުނު ހަމަނުޖެހުމުގައި ވޯޓުކަރުދާސް ވީދުމާއި މޭޒުތައް އުކައިލުން ފަދަ ކަންތައްތައް ހިނގި އެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
