
އިންތިހާބުގެ އޮބްޒާވަރުންނާއި، މޮނީޓަރުންނާއި މަންދޫބުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފި
އިންތިހާބުގެ އޮބްޒާވަރުންނާއި، މޮނީޓަރުންނާއި މަންދޫބުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފި
ލިޔުން:
އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެނޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ހުށައެޅުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަން އީސީ) އިން ދީފިއެވެ.
އެ ކޮމިޝަނުން ބުނީ އެކަމަށް އިތުރު ފުރުސަތެއް ދޭން ނިންމީ ކުރިން ބާއްވަން ނިންމި އިންތިހާބު އަންނަ މަހުގެ 21 އަށް ފަސްވެފައިވާތީ ކަމަށެވެ. އީސީއިން އެ ފުރުސަތު ހުޅުވާލީ މާދަމާ އިން ފެށިގެން މި މަހުގެ 21 އާ ހަމައަށެވެ.
[embed]https://twitter.com/ElectionsMv/status/1769396326775791669[/embed]
އީސީން ބުނެފައިވާ ގޮތުގައި މިހާތަނަށް ޖުމްލަ 9،942 މީހަކު އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާފައިވެ އެވެ. އެގޮތުން 5،032 މީހަކު މޮނިޓަރކުރުމަށް އެދި ކުރިމަތިލާފައިވާ އިރު 2،968 މީހަކު އޮބްޒަރވްކުރުމަށް އެދި ކުރިމަތިލާފައިވެ އެވެ. އަދި 1،942 މީހަކު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާފައިވެއެވެ.
އީސީން ބުނީ މަންދޫބުން ބަދަލުކުރަން ބޭނުންވާ ނަމަ ކެންޑިޑޭޓުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވާނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އިންތިހާބުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުންނެވެ. އަދި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ނޫސް ތަކުގެ ފަރާތުން ހުށަހަޅާ މީހުންގެ ތެރެއިން އީސީއިން ހުއްދަދޭ ބައެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
