މާލެ: 31°C

އިންތިހާބަގެ މަސައްކަތުގައި 6،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ: އީސީ

January 15, 2023
2 ފަހަރު ބަލާފައި
އިންތިހާބަގެ މަސައްކަތުގައި 6،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ: އީސީ
އިންތިހާބަގެ މަސައްކަތުގައި 6،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ: އީސީ
މިއަހަރު އޮންނަ ރިއާސީ އިންތިހާބުގައި 6،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމުގައި އިލެކްޝަން ކޮމިޝަން އީސީ) އިން މިއަދު ބުނެފި އެވެ. އީސީން މިއަދު ބޭއްވި މީޑިއާބްރީފިން ގައި އެ ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިއަހަރުގެ ރިއާސީ އިންތިހާބުގެ ކަންކަމަށް އެކި ދާއިރާތަކުން 6،772 މީހުން ހޯދަން ނިންމާފައިވާ ކަމަށެވެ. ހަބީު ވިދާޅުވި ގޮތުގައި އިންތިހާބުގެ ޓާސްފޯސްއެއް އުފައްދައި އެ ޓާސްކްފޯސް އަށް 300 މީހުން ނަގާނެކަމަށާއި އެގޮތުން އަތޮޅުތެރެއިން ފޯކަލް ޕޮއިންޓުންގެ ގޮތުގައި 21 މީހުން ހަމަޖައްސާނެ އެވެ. އަދި ރަށްރަށު ފޯކަލް ޕޮއިންޓުންގެ ގޮތުގައި 207 މީހުނާއި ފޯކަލްޕޮއިންޓުންގެ އެހީތެރިންގެ ގޮތުގައި 228 މީހުން ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކުރިއެކޭވެސް އެއްގޮތަށް އިންތިހާބާ ގުޅޭ ޝަކުވާތައް ބަލާ ކޮމްޕްލެއިންސް ބިއުރޯގެ މެންބަރުންގެ ގޮތުގައި މިފަހަރު ވެސް ތިއްބަވާނީ ފަސް ބޭފުޅެކެވެ. އިންތިހާބު ކައިރިވުމުން އަތޮޅު ކޮންޕްލޭންސް ބިއުރޯވެސް އުފައްދައި އެ ބިއުރޯގައި 63 މެންބަރުން ތިއްބަވާނެ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. މިފަހަރުގެ އިންތިހާބުގައި 600 ވޯޓުފޮށި ބަހައްޓާ އިރު ވޯޓު ފޮށިތަކަށް 5،580 އޮފިޝަލުން ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއަހަރުގެ އިންތިހާބުގައި ޓްރޭނަރުންގެ ގޮތުގައި 80 މީހުން ހަރަކާތްތެރިވާނެ ކަމަށާއި އަދި ކޯޑިނޭޓަރުންގެ ގޮތުގައި 110 ބޭފުޅުން ހަރަކާތްތެރި ވާނެކަމަށާ އަދި ގްރައުންޑް މެނޭޖަރުންނާއި، އެސިސްޓަންޓު މެނޭޖަރުންގެ ގޮތުގައި 175 މީހުން ހަރަކާތްތެރިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއަހަރުގެ ރިއާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ ނުވައެއް ވާ ހޮނިހިރު ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ