މާލެ: 31°C
އިންތިޚާބުތަކާ ބެހޭ ގައިޑްލައިނަށް ހުރުމަތްތެރިކޮށް ހިތުމަށް ބްރޯޑްކޮމް އިން އިލްތިމާސް ކޮށްފި

އިންތިޚާބުތަކާ ބެހޭ ގައިޑްލައިނަށް ހުރުމަތްތެރިކޮށް ހިތުމަށް ބްރޯޑްކޮމް އިން އިލްތިމާސް ކޮށްފި

April 21, 2024
3 ފަހަރު ބަލާފައި
އިންތިޚާބުތަކާ ބެހޭ ގައިޑްލައިނަށް ހުރުމަތްތެރިކޮށް ހިތުމަށް ބްރޯޑްކޮމް އިން އިލްތިމާސް ކޮށްފި
މިއަދު ކުރިއަށްދާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަވަރުކުރުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅާފައިވާ ގައިޑްލައިނަށް ހުރުމަތްތެރިކޮށްހިތުމަށް، ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަޙީދާ އިލްތިމާސްކުރައްވައިފިއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މަރިޔަމް ވަހީދާ ވިދާޅުވެފައިވަނީ، ބްރޯޑްކާސްޓަރުން ހޭލުންތެރިކުރުމާއި މޮނިޓަރ ކުރުމުގެ މަސައްކަތް ދުރާލައި އެކޮމިޝަނުން ފަށާފައިވާކަމަށެވެ. އަދި މައްސަލައެއް ޖެހިއްޖެނަމަ އެ މައްސަލަ ބެލުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރާނެ ކަމަށެވެ. އެގޮތުން އިންތިޚާބު ކުރިއަށްދާއިރު ބްރޯޑްކާސްޓުކުރާ ކޮންޓެންޓު، މޮނިޓަރިން ކޮމިޓީން މޮނިޓަރ ކުރަމުންދާނެކަމަށާއި މައްސަލައެއް އަތުވެއްޖެނަމަ ފާސްޓް ޓްރެކް ކޮމިޓީން މައްސަލަ ބަލާނެކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ. " ވޯޓުލާ ދުވަހު އަޅުގަނޑުމެން އުންމީދުކުރަނީ، ބްރޯޑްކާސްޓަރުންނާއި އަދި ޚާއްސަކޮށް، ޖަރނަލިސްޓުން، އިލެކްޝަނާއި ގުޅިގެން، ރައްޔިތުންނާއި ހަމައަށް، ފުރިހަމަ މަޢުލޫމާތު، ޝައުޤުވެރިކަމާއެކު ގެނެސްދިނުން" މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާ ވިދާޅުވިއެވެ. އިންތިޚާބުތަކާއި ގުޅިގެން، ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރުމާއި، ކެންޑިޑޭޓުންނަށް ޚާއްސަކޮށްފައިވާ ވަގުތު ދިނުމުގައި ހަމަހަމަ އުސޫލުތައް ގެންގުޅުމުގެ އިތުރުން، ޚަބަރު ހުށަހެޅުމުގައި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަކީ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ޒިންމާއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ