މާލެ: 31°C
އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސަކަށް ޝާހިދު

އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސަކަށް ޝާހިދު

February 20, 2024
4 ފަހަރު ބަލާފައި
އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސަކަށް ޝާހިދު
އިންތިހާބަކާ ނުލައި، އެމްޑީޕީގެ ރައީސްކަން ކުރީގެ ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިއްޖެއެވެ. އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ މަގާމަށް ކުރިމަތިލީ ޝާހިދު އެކަނި ކަމުން، އިންތިހާބަކާ ނުލާ ޝާހިދު އެ މަގާމަށް އިންތިހާބުވެފައިވާ ކަމަށެވެ. އެމްޑީޕީގެ ހުސްވެފައިވާ ރައީސްކަމުގެ އިންތިހާބު އަންނަ މަހު 2 ވަނަ ދުވަހު ބާއްވާ ގޮތަށް އިއުލާންކޮށް، ކުރިމަތިލުމަށް މިދިޔަ އަންގާރަ ދުވަހު ހުޅުވާލި މުއްދަތު ހަމަވީ، މިއަދު މެންދުރު 2:00 އަށެވެ. އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެފަހުން އެމްޑީޕީގެ ރައީސްގެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޝާހިދު ވަނީ ފޮރިން މިިނިސްޓަރުކަމުގެ މަގާމު ރައީސް ސޯލިހުގެ ވެރިކަމުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވެސް އެ މަގާމު ދެ އަހަރު ދުވަހު އަދާ ކުރައްވާފައެވެ. އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމުގެ އިތުރުން ވ. އަތޮޅުގެ މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މެންބަރު ކަމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަން އޭނާ ކުރެއްވިއެވެ. ކެޔޮދޫ ދާއިރާގެ މެންބަރަކަށް ހުންނެވި ދައުރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ޝާހިދު ފުރުއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ