
އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ފުނަދޫ ތަރައްގީ ކުރައްނީ
އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ފުނަދޫ ތަރައްގީ ކުރައްނީ
ލިޔުން:
އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ކ. ފުނަދޫ ތަރައްގީ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމާއި އިކޮނޮމިކް ޒޯން ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު އިފުތިތާހް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފުނަދޫގައި މިހާރު ހުރި ތެޔޮ ރައްކާކުރުމުގެ ހިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި ދޮޅު އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެމަސައްކަތް މުޅިން ނިންމެވުމަށް ރާވާފައިވާކަމުގައެވެ. އަދި އެއާއެކު އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރެވި އެރަށާއި އެއަރޕޯޓާ ދެމެދުގައާއި، އަދި އެރަށާއި މާލެއާ ދެމެދު ބުރިޖުން ގުޅުވާލައި، ފަސޭހަކަމާ އެކީގައި ފަސިންޖަރުން، ކަސްޓަމަރުން، އަދި މުވައްޒަފުންނަށް ދަތުރުކުރެވޭފަދަ ނިޒާމެއް ގާއިމް ކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި އާ އިދާރާއެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހަށް ފޮނުވުމަށް ހަމަޖެހިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އިދާރާ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ރާއްޖޭގައި ގާއިމްކުރުމުގެ މަގު ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅުކަމުގައެވެ. އަދި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް އެމް.އެމް.އޭ. އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ގުޅީފަޅުގައި ގާއިމުކުރުމަށް މީގެކުރިން ހަމަޖެހިފައިވާ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް އެޕޯޓު، ބައިނަލްއަގްވާމީ ފެންވަރުގެ ފުރިހަމަ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ތަރައްގީކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
