މާލެ: 31°C

އިންޓަނޭޝަނަލް ބަންކަރިންގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލަނީ

February 16, 2025
75 ފަހަރު ބަލާފައި
އިންޓަނޭޝަނަލް ބަންކަރިންގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލަނީ
ބަންކަރިންގެ ހިދުމަތުގެ ވިޔަފާރި ކުރިއަށް ދާނެ ކަމަށާއި އެކަމާ ބެހޭ ގާނޫނެއް ޑްރާފްޓް ކުރައްވަމުން ގެންދަވާ ކަމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ ދެއްވައިފި އެވެ.

ބަންކަރިންގެ ހިދުމަތުގެ ވިޔަފާރި ކުރިއަށް ދާނެ ކަމަށާއި އެކަމާ ބެހޭ ގާނޫނެއް ޑްރާފްޓް ކުރައްވަމުން ގެންދަވާ ކަމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ ދެއްވައިފި އެވެ.

ރާއްޖޭގެ އުތުރު ހުރަސްކޮށް ދަތުރުކުރާ ބޯޓު ފަހަރުތަކަށް ބަންކަރިންގެ ހިދުމަތް ދެމުން އަންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެ ހިދުމަތް ފޯރުކޮށްދިނުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓެއް ރާއްޖެއަަށް ގެނެސް ހިދުމަތް ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގަ އެވެ.

އެ ހިދުމަތް މާ ބޮޑަށް ނުހިނގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވަނިކޮށް، ވަޒީރުންނަށް އާންމުން ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އަހާ ފޯރަމް" ގެ މިރޭގެ ސެޝަނުގައި މީހަކު ވަނީ އެ ހިދުމަތް ކުރިއަށްދާނެ ކަމާ މެދު ސުވާލުކޮށްފަ އެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު ސައީދު ވިދާޅުވީ ތިންވަނަ ބޯޓެއް ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން ދާއިރު އިންޓަނޭޝަނަލް ބަންކަރިންގެ ގާނޫނީ އޮނިގަނޑެއް ފަރުމާކުރުމުގެ މަސައްކަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

"ޑިފެންސް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީ ވެސް ބައިވެރިވެގެން ގިނަ މަސައްކަތްތަކެއް ކޮށްފި. އޮފް ބޯޓް އޭރިއާއެއް އަޅައިދިނުމަށް. ބަންކަރިންގެ ހިދުމަތް ދެ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ޗާޓަށް އަރާފައިވޭ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މި ވަގުތު އެ ހިދުމަތް ދޭން ބަލާއިރު ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. ރާއްޖޭގެ އުތުރުން ބައެއް އަވައްޓެރި ގައުމުތަކުގައި މާ ގިނަ ވަސީލަތްތަކާއެކު އެ ހިދުމަތް ދޭ ކަން ފާހަގަ ކުރެއްވި އެވެ.

"ބައެއް ގައުމުތަކަކީ ވެސް ބަންކަރިންގެ ހިދުމަތް ދޭ ގައުމުތައް. އޮން ޕޯޓް ފެސިލިޓީއާ އެއްކޮށް. މާނައަކީ ބަނދަރާއި އެއްގަމުގައި ޓޭންކުތައް ހެދިގެން ސްޓޮރޭޖް ޓާމިނަލްތައް ހެދިގެން ވަރަށް ފަސޭހަކަމާއެކީ ބޯޓު ފަހަރުތައް ވަދެގެން ހިދުމަތް ހޯދަމުން ދަނީ،" ސައީދު ވިދާޅުވި އެވެ.

"ހޯރަފުށީ ފަޅުން މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭ ޒޯން ތަރައްގީ ކުރަން 90 ހެކްޓަރު ބިން ހިއްކުމަށް ފަހު ބަނދަރު އެޅި ޓާމިނަލް އެޅުމުން ބަންކަރިންގެ ހިދުމަތް ވިޔަފާރި ފުޅާ ވެގެން ދާނެ."

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ