މާލެ: 31°C
އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން: ރައީސް

އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން: ރައީސް

February 22, 2024
3 ފަހަރު ބަލާފައި
އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން: ރައީސް
ކޮލަމާފުށީގެ ރައްޔިތުންގެ އިގްތިސާދީ ތަރައްގީއަށްޓަކައި، ކުރަން ވައުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައި، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު ގއ. ކޮލަމާފުށި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮލަމާފުށި ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރެއިން ސިޓީ ހޮޓަލެއް އަޅައިދެއްވާނެކަމަށާއި، މުޅި މަޝްރޫއު އެކީ ހަގީގަތަކަށް ހަދައިދެއްވާނެކަމުގައެވެ. އަދި އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލް ތެރެއިން ކުރަންހުރި މަސައްކަތްތައްކޮށް ވީ އެންމެ އަވަހަކަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން ގައުމަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރައްވާނީ ހަމައެކަނި މިހާރު އޮތް ބަޖެޓަށް ބަރޯސާވެގެން ނޫންކަމަށެވެ. މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ އިންވެސްޓަރުންނާއި ޑިވެލޮޕަރުން ގެނެސް، ޕްރައިވެޓް ސެކްޓަރ ކުރިއަރައި، އަދި އިންވެސްޓަރުން ޝައުގުވެރިވާފަދަ މަޝްރޫއުތަކަށް ޖާގަދީގެން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ