މާލެ: 31°C

އިންސާފުވެރިކޮށް ކަންކަން ނިންމޭނީ ހިކުމަތްތެރިކަމާއި ފަރުވާތެރިކަމާއި ކެތްތެރިކަން އިސްކޮށްގެން: އުއްތަމަ ފަނޑިޔާރު

February 12, 2025
120 ފަހަރު ބަލާފައި
އިންސާފުވެރިކޮށް ކަންކަން ނިންމޭނީ ހިކުމަތްތެރިކަމާއި ފަރުވާތެރިކަމާއި ކެތްތެރިކަން އިސްކޮށްގެން: އުއްތަމަ ފަނޑިޔާރު
އިންސާފުވެރިކޮށް ކަންކަން ނިންމޭނީ ހިކުމަތްތެރިކަމާއި ފަރުވާތެރިކަމާއި ކެތްތެރިކަން އިސްކޮށްގެންކަމަށް އުއްތަމަ ފަނޑިޔާރު މުޢުތަޞިމް އަދުނާނު ވިދާޅުވެއްޖެއެވެ.

އިންސާފުވެރިކޮށް ކަންކަން ނިންމޭނީ ހިކުމަތްތެރިކަމާއި ފަރުވާތެރިކަމާއި ކެތްތެރިކަން އިސްކޮށްގެންކަމަށް އުއްތަމަ ފަނޑިޔާރު މުޢުތަޞިމް އަދުނާނު ވިދާޅުވެއްޖެއެވެ.

ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޝަރުއީ ދާއިރާގެ "ޤަޟާޢީ އަހަރު 2025" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފުވެރިކޮށް ކަންކަން ނިންމުމަކީ ފަނޑިޔާރުންނަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނީ އިންތިހާއަށް ހިކުމަތްތެރިވެ، ފަރުވާތެރިވެ އަދި ކެތްތެރިވެގެން ކަމަށެވެ.

އަދި ފަނޑިޔާރުން ނިންމުންތައް ނިންމަނީ އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި ކަމަށާއި، ފަނޑިޔާރުންގެ މައްޗަށް ލާޒިމް ވެފައިވާގޮތަށް އެކަންކަން ނިންމުމަކީ އުނދަގޫ ކަމެއް ކަމުގައިވީނަމަވެސް އެއްވެސް ވަރަކަށް އެކަން ކުރުމުގައި ފަސްޖެހިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ފަނޑިޔާރުން އެ ނިންމުންތައް ނިންމަނީ އެއްވެސް ބިރެއް ނެތި، ކުޑަވެސް ފަސްޖެހުމެއް ނެތި، ފަނޑިޔާރުންގެ މައްޗަށް އެކަން ކުރަން ލާޒިމުކުރެވިފައިވާ ގޮތުގެ މަތިން. އެ ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމުގައިވީ ނަމަވެސް ނުވަތަ މަގުބޫލު ނޫން ނިންމުންތަކެއް ކަމުގައިވީ ނަމަވެސް، އެއްވެސް ވަރަކަށް އެކަން ކުރުމުގައި ފަސްޖެހިވަޑައިގަތުމެއް ނެތި،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހުވާކޮށްގެން ތިބެ ވާޖިބަށް ވަފާތެރިވެ ފަނޑިޔާރުން ދައްކަވަމުން ގެންދަވަނީ ވަރަށް ވަރުގަދަ ހިތްވަރެއް ކަމަށާއި އެގޮތަުން ފަނޑިޔާރުން ނިންމާ މައްސަލަތަކުގައި ފަނޑިޔާރުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިންސާފު ހޯދައިދެވުނު ކަމުގެ ހިތްހަމަޖެހުމާއި އަދުލަށް މަސައްކަތް ކުރެވުމާއި އަދި އުފާވެރި އާއިލާއަކަށް ފުރުސަތު ދެވުނު ކަމުގެ ހިތްހަމަޖެހުން ކަމަށެވެ.

އަދި މިދިޔަ އަހަރު ސުޕީރިއާ ކޯޓުތަކާއި އަދި މެޖިސްޓްރޭޓް ކޯޓުތަކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައި، އެ ކޯޓުތަކުގެ ފަނޑިޔާރުން ކޮށްދެއްވާ މަސައްކަތްތަކަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރުމާއި އަދި ގައުމުގައި ސުލްހަމަސަލަސްކަން ގެނެސްދިނުމުގައި ނުހަނު މުހިއްމު މަސައްކަތެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ