ރ. އިނގުރައިދޫގައި ސިއްހީ މަރުކަޒެއް އަޅަން 76 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އަލަށް ހަދާ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއިން ހަވާލުކުރީ 540 ދުވަސް ތެރޭގައި ނިންމާގޮތަށް ޑުޕްލެކްސް ކުންފުންޏާއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިނިސްތްރީގެ ފަރާޓުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލް ހަންނާނެވެ. ޑުޕްލެކްސް ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމެވެ. [embed]https://twitter.com/MoHmv/status/1648304754471346178[/embed] ހެލްތް މިނިސްތްރީއިން ދަނީ ރައްރަށުގައި ހެލްތް ސެންޓަރުތައް ގާއިމް ކުރަމުންނެވެ. އެގޮތުން މިދިޔަ ބުދަދުވަހު ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ލެބޯޓްރީ އަދި ޕޯޓިކޯ ހަދަން ބަޔަކާ ހަވާލުކުރިއެވެ.
އިނގުރައިދޫގައި 76 މިލިއަން ރުފިޔާއަށް ސިއްހީ މަރުކަޒެއް އަޅަނީ
އިނގުރައިދޫގައި 76 މިލިއަން ރުފިޔާއަށް ސިއްހީ މަރުކަޒެއް އަޅަނީ
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
