
އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ޙިދުމަތްތެރިޔާ ހާމިދު ޝަފީޢު ނިޔާވެއްޖެ
އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ޙިދުމަތްތެރިޔާ ހާމިދު ޝަފީޢު ނިޔާވެއްޖެ
ލިޔުން:
އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދައުލަތަށް ނުހަނު ގިނަ ޙިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސް އޮފީހުގެ ފުރަތަމަ ޗީފް ކޮމިއުނިކޭޝަން އޮފިޝަ ހާމިދު ޝަފީއު ނިޔާވެއްޖެއެވެ.
ހާމދި ޝަފީއު ނިޔާވެފައިވަނީ އާލާސްކަންފުޅަކަށް އިންޑިއާގައި ފަރުވާހޯއްދަވަމުންގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ރައީސް މައުމޫނުގެ ޒައާމަތުގައިވެސް ހާމިދުޝަފީއުވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާފައެވެ. ހާމިދު ޝަފީއުވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލޮޖް އޮފް ލަންޑަން އިން ކޮމްޕިއުޓަރ ސައިންސް އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައެވެ.
ހއ.އިހަވަންދޫ ވައިޖެހޭގެ ހާމިދު ޝަފީއު އަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް ގިނަ ޙިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެހެންކަމުން އެމްޑީޕީގެ އިސް ވެރިން ދަނީ ހާމިދު ޝަފީޢު ނިޔާވުމާއި ގުޅިގެން ހާމިދު ޝަފީއުގެ ޙިދުމަތަތައް ފާހަގަކޮށް އެ ބޭފުޅާގެ އާއިލާއަށް ހިއްވަރުދެއްވައި ތައިޒިޔާ ދަންނަވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
