މާލެ: 31°C
އިންޑިޔާ ހުރިހާ ސިފައިން ފޮނުވާލުން: ޑިފެންސް މިނިސްޓަރުގެ ތަޢުރީފު ރައީސް ޑރ. މުޢިއްޒުއަށް

އިންޑިޔާ ހުރިހާ ސިފައިން ފޮނުވާލުން: ޑިފެންސް މިނިސްޓަރުގެ ތަޢުރީފު ރައީސް ޑރ. މުޢިއްޒުއަށް

May 11, 2024
3 ފަހަރު ބަލާފައި
އިންޑިޔާ ހުރިހާ ސިފައިން ފޮނުވާލުން: ޑިފެންސް މިނިސްޓަރުގެ ތަޢުރީފު ރައީސް ޑރ. މުޢިއްޒުއަށް
ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން ކުރު މުއްދަތެއްގެ ތެރޭގައި ޤައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުންކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްޞާން މައުމޫން ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްޞާން މައުމޫން މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގައުމަށް ފޮނުވާލެވިފައިވާކަން ރަސްމީކޮށް ހާމަކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޑިފެންސް މިނިސްޓަރު ޣައްޞާން ވިދާޅުވީ ރާއްޖޭގައި ޤާއިމްވެ ތިބީ އިންޑިއާގެ 76 ސިފައިންކަމަށާއި، އެމީހުން ޤާއިމްވެ ތިބީ 3 މަރުކަޒެއްގައިކަމަށެވެ. އެއީ ހދ. ހަނިމާދޫ، ސ.ގަން އަދި ލ.ކައްދޫގައިކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ ދިވެހި ސަރުކާރުން ކަނޑައެޅި ސުންގަޑިކަމަށްވާ މޭ 10 ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލެވިފައިވާ ކަމަށެވެ. އަދި މަޝްވަރާގެ އުސޫލުގެ ދަށުން، ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާގެ ހުރިހާ ސިފައިން ޤައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލިޔަސް ދެ ޤައުމުގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެގޮތުގައި ދެމި އޮންނާނެކަންވެސް މިނިސްޓަރ ފާޙަގަކުރެއްވިއެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އެ ޤައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރާއި ޑޮނިއާއެއް ދުއްވައި، މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުމަށެވެ. ނަމަވެސް އަސްކަރީ ސިފައިންގެ ބަދަލުގައި އެތަކެތި އޮޕަރޭޓްކުރަން އަސްކަރިއްޔާއަށް ނިސްބަތްނުވާ އިންޑިއާގެ މަދަނީ ބަޔަކު ވަނީ ރާއްޖެ އައިސްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ