މާލެ: 31°C
އިންޑިއާ ސިފައިން ގެންދިއުން އަވަސްކުރަން އެގައުމުން އެއްބަސްވެއްޖެ ކަމަށް ދިވެހި ސަރުކާރުން ބުނެފި

އިންޑިއާ ސިފައިން ގެންދިއުން އަވަސްކުރަން އެގައުމުން އެއްބަސްވެއްޖެ ކަމަށް ދިވެހި ސަރުކާރުން ބުނެފި

January 14, 2024
3 ފަހަރު ބަލާފައި
އިންޑިއާ ސިފައިން ގެންދިއުން އަވަސްކުރަން އެގައުމުން އެއްބަސްވެއްޖެ ކަމަށް ދިވެހި ސަރުކާރުން ބުނެފި
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުން އަވަސްކުރުމަށް އެގައުމުން އެއްބަސްވެފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭގޮތުން ރާއްޖެއާ އިންޑިއާގެ ކަމާއި ބެހޭ އޮފިޝަލުން ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ހާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާ ސިފައިން ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަހަށް ކުރުމަށް އެގައުމުން އެއްބަސްވެފައިވާކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމުގެ ވާހަކަތައް ފަށާފައިވަނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ ދެގައުމުން މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލައިގެން ވާހަކަތައް ކުރިއަށްގެންދާށެވެ. https://twitter.com/MoFAmv/status/1746538304013791369 މިގޮތުން ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ރާއްޖޭގައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ފަރާތުން ސަފީރު މުނޫ މަހާވަރު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުން އަވަސްކުރުމަށް އެގައުމުން އެއްބަސްވެފައިވާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނި ނަމަވެސް މިކަމާއި ގުޅޭގޮތުން އިންޑިއާ ސަރުކާރުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ހުށަހަޅުއްވާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ