"އިންޑިއާ އައުޓް" ހަރަކާތުގެ ބޮޑަކު، އިންޑިއާގައި ހިފެހެއްޓުމުން ފޮރިން މިނިސްޓްރީން އެކަން ބަލަނީ

"އިންޑިއާ އައުޓް" ހަރަކާތުގެ ބޮޑަކު، އިންޑިއާގައި ހިފެހެއްޓުމުން ފޮރިން މިނިސްޓްރީން އެކަން ބަލަނީ
ލިޔުން:
އިދިކޮޅު ޕީޕީއެމް-ޕީއެންސީން "އިޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި އިސްކޮށް އުޅުނު ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއް ސަމަދު އިންޑިއާގެ ބެންގަލޫރުގައި އުޅެނިކޮށް، އެގައުމުގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިއުމުން ފޮރިން މިނިސްޓްރީން އެކަން ބަލަަން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ ގްރޫޕަށް އެ މިނިސްޓްރީގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ސަފާތު އަހުމަދު ޒާހިރު ފޮނުއްވި ފޮނުއްވި މެސެެޖެއްގައި ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ހުރި ދިވެއްސަކު، ފެބްރުއަރީ 11 ވަނަ ދުވަހު (އިއްޔެ) އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުމުން، އެކަމާ ގުޅޭ ގޮތުން ސާފުކުރަން ޖެހޭ ކަންތައްތައް ސާފުކުރަމުން އަންނަ ކަމަށެވެ.
"...ބެންގަލޫރުގައި ހުރި ދިވެއްސަކު 11 ފެބްރުއަރީ 2023ގައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، މިމައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުންދާ ވާހަކަ ދެންނެވީމެވެ،" ފޮރިން މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ސަފާތު ފޮނުއްވި މެސެޖްގައި ވިދާޅުވި އެވެ.
ބެންގަލޫރުގައި އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓީ އަބްދުއް ސަމަދުކަމެއް ނުވަތަ ނޫން ކަމެއް ސަފާތު ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް ބެންގަލޫރުގައި އެހެން ދިވެއްސަކު އިއްޔެ ހިފަހައްޓާފައި ނުވާތީ ، އޭނާ އެ ވިދާޅުވީ ސަމަދުގެ ވާހަކަ ކަން އެނގެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިންގެ އެތައް ބަޔަކު ގާއިމްވެ ތިބޭ ކަމަށް ތުހުމަތުކޮށް އެކަމާ ދެކޮޅަށް އިދިކޮޅުން "އިންޑިއާ އައުޓްގެ ނަމުގައި ޕީޕީއެމުން ހިންގި ހަރަކާތްތަކުގައި ސަމަދަކީ ވަރަށް އިސްކޮށް އުޅުނު، އެ ހަރަކާތުގެ ބޮޑެކެވެ.
އެނގިފައިވާ ގޮތުގައި އިންޑިއާ ސަރުކާރުން އޭނާ ހިފެހެއްޓީ، އާއިލާއާ އެކު ބޭސްފަރުވާއަކަށް ގޮސް، ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ހުއްޓަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
