މާލެ: 31°C

މިއަދަކީ އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް: ރައީސް ޔާމީން

November 3, 2025
266 ފަހަރު ބަލާފައި
މިއަދަކީ އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް: ރައީސް ޔާމީން
ނަސްރުގެ ދުވަހަކީ އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހަކީ އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބާގައި އެކްސްގައި ރައީސް ޔާމީން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހަކީ ނުވަތަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް ކަމަށާއި، އެދުވަހުގެ އުދުވާނީ ހަމަލާއިން ދިވެހިންނަށް ނަސްރުދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަސް ކަމަށެވެ.

އޭގެ އިތުރުންވެސް އެމަނިުކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ނަސްރުގެ ދުވަހަކީ ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަސް ކަމަށާއި، ހަމަ އެގޮތަށް އެ ދުވަހަކީ ސިފައިންގެ ވަރުގަދަ ޢަޒުމާ ވަރުގަދަ ޤުރުބާނީ ފާހަނގަ ކުރެވުނު ދުވަސް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަދި ހަމަ އެދުވަހަކީ ޒުވާން ޝަހީދު ޙުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަސް ކަމަށާއި، ޤައުމު ދިފާޢު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަހުގެ އިތުރުން ޤައުމީ ބަޠަލު ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް މުޙައްމަދު ދީދީގެ މަތިވެރި ހިތްވަރު ގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ދުވަސް ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ