
އިންޑިއާއިން އެމްޕޮކްސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ
އިންޑިއާއިން އެމްޕޮކްސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ
ލިޔުން:
އެމްޕޮކްސް ފެތުރެމުންދާ ގައުމަކުން އެނބުރިއައި އިންޑިއާގެ ޒުވާން ފިރިހެނަކަށް އެމްޕޮކްސް ޖެހިފައިވާކަމަށް ޝައްކުކުރެވިފައިވާކަމަށް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުގައި، އެ މީހާ މިހާރުވަނީ ހޮސްޕިޓަލުގައި އެކަހެރިކޮށްފައި ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށްވެސް ބުނެފައިވެއެވެ. އަދި މިވަގުތު އިތުރު ޓެސްޓްތައް ހަދަމުންދާކަމަށްވެސް ބުނެފައިވެއެވެ.
އަދި އެ ކޭސް އާއި ގުޅިގެން ކަނޑައެޅިފައިވާ ޕްރޮޓޮކޯލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާއިން ފެނިފައި މިވަނީ އެމްޕޮކްސް ގެ ކޮން ވޭރިއެންޓެއްކަން ހާމަކށްްފައި ނުވިނަމަވެސް މިދިޔަ މަހު "ދަ ހިންދޫ ޑެއިލީ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެފްރިކާގައި އެމްޕޮކްސްގެ އާ ބާވަތެއް ފެތުރެން ފެށުމުން އިންޑިއާ އޮތީ އެލާޓްގަ އެވެ.
އާ ވޭރިއަންޓް ފެނުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މި ބަލި ފެތުރުމަކީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
