މާލެ: 31°C

އިންޑިއާ ހައިކޮމިޝަނުގައި ރޯކޮށްލަން ގޮވައި މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދީފި

December 24, 2022
2 ފަހަރު ބަލާފައި
އިންޑިއާ ހައިކޮމިޝަނުގައި ރޯކޮށްލަން ގޮވައި މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދީފި
އިންޑިއާ ހައިކޮމިޝަނުގައި ރޯކޮށްލަން ގޮވައި މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސަރުކާރުން ދީފި
އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ހިޔްވަރުދޭ މޭރުމަކުން، މިދިޔަ ބުރާސްފަތި ދުވަހު މީހަކު ޓްވީޓްކޮށްފައި ވާތީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން މިއަދު ދީފި އެވެ. އިންޑިއާ އެެމްބަސީގައި ހުޅުޖަހަން ހިތްވަރު ލިބޭ ގޮތަށް ޓްވީޓެއް ކުރީ ކުރީގެ ދެ ސަރުކާރެއްގައި އިސް މަގާމުތަކެއް ފުރުއްވި އަދި މިހާރު އިދިކޮޅު އެކްޓިވިސްޓެއްގެ ގޮތުގައި މަަސައްކަތްކުރައްވާ އައްބާސް އާދިލު ރިޒާގެ ނަމުގައި ހިންގާ ޓްވިޓާ ހޭންޑުލް އަކުންނެވެ. އެ ޓްވީޓާ މެދު ނުރުހުން ފާޅުކޮށް، އެ މައްސަލަ ބަލަން ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ. [embed]https://twitter.com/MariyaDidi/status/1606456327823593472?s=20&t=LZ3KK5Ltxbm6i8O597Ca8w[/embed] އެ ޓްވީޓްގެ މައްސަލަ ބަލާނެކަމުގެ ޔަގީންކަން ދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ  މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވައިލުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ހަރުކަށިކޮށް ކުށްވެރިކުރައްވާ ކަމަށެވެ. "ޔަގީންކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒީރޯ ޓޮލެރެންސް އޮން ޓެރާ [ސިޔާސަތު ތަންފީޒުކުރެވޭނެ. އިންޑިއާއަކީ އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ގާތް ބައިވެރިޔާ. އަދި ދިވެހިންގެ ތަރައްގީއަށް ހުރަސް އަޅަން ކުރާ މަސައްކަތްތައް ތަހައްމަލެއް ނުުކުރާނަން،" ޓްވީޓްގައި މާރިޔާ ވިދާޅުވި އެވެ. ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަނުޖެހުން ހިންގަން ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަން ހިތްވަރުދޭ ކޮންމެ ކަމެއް ސީރިއަސްކޮށް ބަލައި ފުލުހުން އެކަން ތަހުގީގުކުރާނެ ކަމަށެވެ. [embed]https://twitter.com/M_Hameedh/status/1606551952732872704?s=20&t=Fyyc0GKQZ7Cn2SBcFtxTCQ[/embed] "ފެންނަ ގޮތުގައި ސޯޝަލް މީޑިއާގައި ރުޅިވެރިކަން ފެތުރުން ރާއްޖޭގައި އަންނަނީ އިތުރުވަމުން،" މިއަދު ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފަދަ ކަންތައްތައް ހުއްޓުވަން ކަމާ ބެހޭ ހުރިހާ ފަރާތްތަކަކާ އެކު ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ