
އިންޑިއާގެ އުޅަނދުތައް ދުއްވަން އެގައުމުގެ ސިވިލިއަނުންގެ ފުރަތަމަ ގްރޫއްޕު މިއަދު އަތުވެއްޖެ
އިންޑިއާގެ އުޅަނދުތައް ދުއްވަން އެގައުމުގެ ސިވިލިއަނުންގެ ފުރަތަމަ ގްރޫއްޕު މިއަދު އަތުވެއްޖެ
ލިޔުން:
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ގަމުގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އެގައުމުގެ ސިވިލިއަނުންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ގައުމީ ދިފާއީ ބާރުން ބުނީ، އިންޑިއާގެ ސިވިލިއަން ކުރޫ ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު ކަމަށެވެ. މި ޓީމް މިރޭގެ ވަގުތެއްގައި އައްޑޫސިޓީއަށްގޮސް ހޭންޑްއޯވަރ ކުރުމުގެ ކަންކަން ފަށާނެއެވެ.
ގައުމީ ދިފާއީ ބާރުން ބުނީ ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމްވެތިބި އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ފައިބާނެ ކަމަށެވެ.
އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާތަކުގައި އެ ސިޓީގައި ހުރި ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިއުމަށްޓަކައި މާދަމައިން ފެށިގެން ހެލިކޮޕްޓަރުގެ ޓެސްޓް ފްލައިޓްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ގައުމީ ދިފާއީ ބާރުން ބުނީ މި ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު ފެބުރުއަރީމަހުގެ 28 ވަނަ ދުވަހު އައްޑޫސިޓީއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ލ.ކައްދޫ އާއި ހދ.ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މަޝްވަރާތައް ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލްތަކުގެ ތެރެއިން ސަރުކާރުން ކުރަމުންގެންދާކަމަށްވެސް ގައުމީ ދިފާއީ ބާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްކޮށް ބާލައި ނިމޭއިރު، މިއީ ދިވެހިންނަށް ލިބޭނޭ ވަރަށްބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިއީ ދިވެހިން އެދުނު ގޮތްކަމަށާއި، ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމްވެ ތިބުމަކީ ދިވެހިން އެދޭގޮތް ނޫންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އެގައުމުން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވުމަށާއި އެނޫންވެސް ޓެކްނިކަލް މަސައްކަތްތައް ކުރުމުގެ ބޭނުމަށްކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ.
އިންޑިއާ ސިފައިން ފޭބުމާ ގުޅޭގޮތުން އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދަޅުވެފައިވަނީ، ހެލިކޮޕްޓަރުތައް ދެންވެސް ދުއްވާނީ އިންޑިއާގެ ޕައިލެޓުން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
