މާލެ: 31°C

އިންޑިއާގެ ސަފީރު ޖީ ބަލަސުބްރަމަނިއަން އާއި ފޮރިންގ މިނިސްޓަރ ޚަލީލް ބައްދަލުކުރައްވައިފި

January 20, 2025
154 ފަހަރު ބަލާފައި
އިންޑިއާގެ ސަފީރު ޖީ ބަލަސުބްރަމަނިއަން އާއި ފޮރިންގ މިނިސްޓަރ ޚަލީލް ބައްދަލުކުރައްވައިފި
އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖީ ބަލަސުބްރަމާނިއަމް އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖީ ބަލަސުބްރަމާނިއަމް އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމގައި މިނިސްޓަރ ޚަލީލް ވަނީ އާ ސަފީރަށް މަރުހަބާ ދަންނަވައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ދަމަހައްޓައި، އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން ދެ ގައުމު ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަން ގުޅުމަށް އިޝާރާތްކުރައްވައި، މިނިސްޓަރ ޚަލީލް ވަނީ އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށް ދެމުން އަންނަ އެހީތެރިކަން  ފާހަގަކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޝުކުރު އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

‎މި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ގައުމަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް ސަރުކާރާ އެކު ގާތުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ފޮރިންގ މިނިސްޓްރީން ބުނެފައިވެއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ