މާލެ: 31°C
އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި

August 9, 2024
2 ފަހަރު ބަލާފައި
އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެމަނިކުފާނު ރާއްޖެވަޑައިގަތުމުން މަރުޙަބާދެންނެވުމަށް އެއާޕޯޓުގައި ވަނީ ރަތްދޫލައިގެ މަރުހަބާއެއް އަރުވާފައެވެ، އެމަނިކުފާނަށް މަރުޙަބާދެނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެއާޕޯޓަށް ވަޑައިގެނެވީ  ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

އިންޑިއާގެ ފޮރިން މިނިސޓަރގެ މި ދަތރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި ރައްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރާ އެކު ރަސްމީ ބައްދަލުވުންތަށް ބާއްވާއި މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ.މުޙައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެނދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތައް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރު އާއި ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ. އިންޑިއާގެ ފޮރިން މިނިސްޓަރގެ މި ދަތުރުފުޅުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި މިވަގު ހިނގަމުންދާ ބޮޑެތި މަޝްރޫއުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުއާއި، އިންޑިއާގެ އެހީގައި އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އައްޑޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި މީ 4 ވަނަ ފަހަރެވެ. އަދި އައްޑުއަށް ވަޑައިގަންނަވާ މީ 2 ވަނަފަހަރުކަންވެސް ފާހަގަކުރެވެއެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ 3 ފަހަރު ރާއްޖެ ވަޑައިގަންނަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ