އައްޑޫގައި މިހާރު ހިންގަމުންއަންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް މަރުކަޒަކީވެސް އިންޑިއާގެ އިހީގައި ތަރައްގީކޮށްފައިވާ މަރުކަޒެކެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސްބްރަމާނިއަމް ޖައެޝަންކަރު ރާއްޖެއަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވާލުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ ހަންކެޑެ ބްރިޖާއި އައްޑޫގެ ބިން ހިއްކުން ނިންމައި ސަރުކާރާ ޙަވާލުކޮށްފި

އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ ހަންކެޑެ ބްރިޖާއި އައްޑޫގެ ބިން ހިއްކުން ނިންމައި ސަރުކާރާ ޙަވާލުކޮށްފި
ލިޔުން:
އިންޑިއާގެ އެހީގައި އައްޑޫގައި ހިންގަމުންއަން ތަރައްގީގެ މަޝްރޫޢުތަކުގެ ތެރެއިން ހަންކެޑެ ބުރިޖާއި ހިތަދުއާއި މަރަދޫ އަދި މަރަދޫ ފޭދޫގެ ބިން ހިއްކުން ނިންމައި ސަރުކާރާ މިއަދު ޙަވާލކޮށްފިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކުރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނައިރު އައްޑޫގައި 12 މަޝްރޫއެއް ދަނީ ހިންގަަމުންނެވެ. އެގޮތުން މިއަދު ނިންމުންފާހަގަކުރި ބިންހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ހިތަދޫ އާއި މަރަދޫ އަދި މަރަދޫފޭދޫ އަށް ޖުމްލަ 190 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފައެވެ. އަދި އޭގެ އިތުރުން އައްޑޫ ފަޅުގެ ސަރަޙައްދުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި 8.3 ހެކްޓަރުގެ 3 ރަށް ހިއްކައި ހިތަދޫ އާއި މަރަދޫ ފޭދޫ އަދި ލިންކް ރޯޑު ސަރަހައްދުން ވަނީ ރިވެޓްމެންޓް ޖަހައިފައެވެ.
އެ މަޝްރޫޢު ތަކުގެތެރެއިން ބިިންހިއްކުމާއި ހަންކެޑެ ބްރިޖުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް އައްޑޫ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސްބްރަމާނިއަމް ޖައެޝަންކަރު ވިދާޅުވީ، ވާތިވެދިޔަ 3 އަހަރުގެ ތެރޭގައި އެގައުމުން ވަނީ 220 މިލިއަން ޑޮލަރުގެ މަޝްރޫއުތައް އައްޑޫގައި ކުރިއަށް ގެންގޮސްފައިކަމަށާއި، އަދި މިވަގުތުވެސް އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 65 މަޝްރޫއެއް ކުރިއަށްދާކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
