އިންޑިއާގެ ޑިފެންސް މިނިސްޓަރު، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާގެ ޑިފެންސް މިނިސްޓަރު، ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ލިޔުން:
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންގް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެ ބައްދަލުވުން ކުރިޔަށް ގޮސްފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު، އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ތާރީހަށް އަލިއަޅުވާލެއްވިކަމަށެވެ.
އަދި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދެގައުމުގެ ގުޅުން ފާހަގަކޮށްލެވޭ ކަމަށާއި މަތީ ފެންވަރުގެ ގިނަ އަދަދެއްގެ ޒިޔާރަތްތައް ކުރެވި މީހުންނާއި ގުޅުން ބަދަހިވި ކަމަށް ވެސް އެމަނިކްފާނު ވިދާޅުވިއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީީ އިންޑިއާ އާއި ރާއްްޖެއާ ދެމެދު ޑިފެންސް ކޯޕަރޭޝަންގެ ޕާޓްނަޝިޕް ދެމިއޮތުމަށް އިތުބާރު ކުރައްވާ ކަމަށާއި މިފަހަރުގެ ދަތުރުފުޅުގައި ހަދިޔާ ކުރެއްވި ކޯސްޓްގާޑުގެ އުޅަނދު ‘ހުރަވީ’ އާއި ލެންޑިން ކްރާފްޓް ގެ ސަބަބުން، ކަނޑުގެ ސަލާމަތީ ގޮތުން ރާއްޖޭގެ ގާބިލްކަން ހަރުދަނާވާނެ ކަމަށް ވިދާލުވެފައެވެ.
އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހައިޑްރޮގްރަފީ ސާވޭތަކުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކަށް ރައީސް ސޯލިހު ތައުރީފު ކުރެއްވިއެވެ. އެއަށްފަހު ރައީސް ވަނީ މި ދިރާސާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިންކަމަށްޓަކާ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އިންޑިއާއިން ރާއްޖެއަށް އެކި ދާއިރާތަކުން ދޭ އެހީއާއި އެއްބާރުލުން ދެމިއޮތުމަށް ޝުކުރު އަދާކުރައްވައި، އެއީ އިންޑިއާއިން ރާއްޖެއަށް ހާއްސަ އިހްތިރާމެއްކުރާކަމުގެ ހެކިތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވެފައެވެ.
އެ ބައްދަލުވުން ނިންމަވާލައްވަމުން ޑިފެންސް މިނިސްޓަރު ވަނީ ރާއްޖޭގައި އިންޑިއާއިން ހިންގާ އެކިއެކި ތަރައްގީގެ މަޝްރޫއުތަކުގެ ކުރިއެރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައި، އިންޑިއާއިން ރާއްޖެއަށް ދެމިއޮތް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
