މާލެ: 31°C
އިންޑީއާގެ އެއާލައިންތައް ރާއްޖެއަށް ދަތުރުނުކުރުމަށް ގޮވާލައިފި

އިންޑީއާގެ އެއާލައިންތައް ރާއްޖެއަށް ދަތުރުނުކުރުމަށް ގޮވާލައިފި

January 8, 2024
3 ފަހަރު ބަލާފައި
އިންޑީއާގެ އެއާލައިންތައް ރާއްޖެއަށް ދަތުރުނުކުރުމަށް ގޮވާލައިފި
ރާއްޖެއަށް އިންޑިއާގެ އެއާލައިންތަކުން ކުރާ ދަތުރުތައް ހުއްޓާލުމަށާއި ރާއްޖެ ބޮއިކޮޓް ކުރުމަށް އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފި އެވެ. އެވިއޭޝަން އެންޑް ޓުއަރިޒަމް ކޮމެޓީގެ ޗެއަރމަން ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންތަކެއް އިންޑިއާ އާ ދެކޮޅަށް ފާޅުކޮށްފައިވާ ހިޔާލުތަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިއީ އިންޑިއާ ރާއްޖޭގެ އެންމެ ބޮޑު ސޯސް މާކެޓައްވި ހިނދު އަމަލުކުރި ގޮތެއް ކަމަށް ބުނެ، އެންމެ ގިނަ ބޭރު ފައިސާ ވައްދާ ވަޒީފާ ފުރުސަތު ފަހިކޮށްދެނީވެސް އެ ގައުމުން ކަމަށް ބުނެފައެވެ. އެގޮތުން، އެ ބަޔާނުގައި ވަނީ އިންޑިއާއިން ރާއްޖެއަށް އޮޕަރޭޓް ކުރާ ހުރިހާ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ހުއްޓާލުމަށާއި، ލަކްޝަދީޕްގެ ރައްތަކަށް ދަތުރުތައް ޑައިވާޓް ކުރުމަށް އެދިފައެވެ. "އިންޑިއާގެ ހޮޓެލް އެސޯސިއޭޝަނުން ލަކްޝަދީޕް ރާއްޖެ ދޫކޮށް ލަކްޝަދީޕް ރައްތަކަށް އިންވެސްޓް ކުރުމަށް ގޮވާލަން" ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުންގެ ޖަމީއްޔާތަކާއި އޭޖެންޓުނަށް ރާއްޖެ އިސްތިހާރު ކުރުން ހުއްޓާލުމަށް ގޮވާލާފައިވާއިރު، އޭގެ ބަދަލުގައި އަންޑަމަން އައިލޭންޑްސް އާއި ލަކްޝަދީޕް ރައްތައް ޕްރޮމޯޓްކުރުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި ސްރީ ލަންކާ, މޮރިޝަސް އަދި ފުކެޓް ހިމެނެއެވެ.

އެ ގައުމުގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ސްޓިކް ޓްރެވަލް ގްރޫޕުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމީއްޔާއަކުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެންމެ އިންޑިއާގެ ބޮޑު ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އީޒް މައި ޓްރިޕްއިންވެސް ވަނީ ރާއްޖެއަށް ބުކިންގް ހެދުން ވެސް ހުއްޓާލިކަން އިއުލާންކޮށްފައެވެ. ރާއްޖެއަށް މިވަގުތު ދަތުރުކުރަމުންދަނީ އިންޑިއާގެ ދެ އެއާލައިނެކެވެ. އެއީ އިންޑިގޯ އާއި އެއާ އިންޑިއާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ